އިންސްޓަގްރާމް

އިންސްޓަގްރާމްގެ ހިދުމަތް މެދު ކެނޑިއްޖެ

އެތައް މިލިއަން މީހުނެއް ބޭނުން ކުރާ އިންސްޓަގްރާމް ލޯޯޑު ނުވެ ހިދުމަތް މެދު ކެނޑިއްޖެއެވެ.

އިންސްޓަގްރާމުގެ އެއްވެސް ޕްރޮފައިލެއް ލޯޑު ނުވާއިރު ރެޑް އެލާޓަކާއި އެކީ "ކެނޮޓް ރިފްރެޝް ފީޑް" އިންނަނީ އަރާފައެވެ. އިންސްޓަގްރާމުގެ ވެބް ވަރޝަންގައިވެސް ވަނީ މައްސަލަ ދިމާވެފައެވެ. ކޮންމެ ޕޭޖެއް ލޯޑް ކުރަން ޖެއްސުމުންވެސް އަރަނީ "5xx Server Error" މިހެންނެވެ.

އިންސްޓަގްރާމަށް މި މައްސަލަ ދިމާވި އިރު އެތަނުގެ ދެ ފައުންޑަރުންވަނީ ވަކިވެފައެވެ. އެދެމީހުން ވަކިވީ މާރކް ޒަކަބާރގް އާ މައްސަލަ ޖެހިގެން ކަމަށް ވާހަކަ ފެތުރިފައިވާއިރު މިދިޔަ ހަފްތާގައި ފޭސްބުކްގެ 50 މިލިއަން އެކައުންޓް ހެކްކުރިއިރު އިންސްޓަގްރާމްގެ އެކައުންޓައްވެސް ވަނީ އެކްސްޕޯސް ވެފައި ކަމަށް ފޭސްބުކް އިން ވަނީ އިއްޔެ ބުނެފައެވެ.

މިވަގުތު އިންސްޓަގްރާމުގެ ހިދުމަތް މެދުކެނޑިފައި މިވަނީ މި ދެ ސަބަބާ ހެދި ކަމެއް ބުނަން ދަތި ނަމަވެސް އިންސްޓަގްރާމަކީ އެތައް ބިލިއަން މީހުނެއް ބޭނުން ކުރާ ޕްލެޓްފޯމެއްކަމުން ދޭތެރެ ދޭތެރެއިން ހިދުމަތް މެދު ކެނޑުމަކީ ވެދާނެ ކަމެއްކަމުގައި ރިޕޯޓުތައް ބުނެއެވެ.