ފޭސްބުކް

އިންސްޓަގްރާމް އެކައުންޓްތައްވެސް ވަނީ ހެކްކޮށްފައި

ސެޕްޓެމްބަރ 29 ވަނަ ދުވަހު 50 މިލިއަން ފޭސްބުކް އެކައުންޓް ހެކް ކޮށްގެން ވަނީ ސޯޝަލް މީޑިއާގެ ދުނިޔެ ސިއްސުވާލާފައެވެ. ނަމަވެސް މިހާރު އެނގިފައިވާ ގޮތުގައި މި ހެކް ކުރުމުގައި ފޭސްބުކް އިން ހިންގާ އެއަރ ބީއެންބީީ، ސްޕޮޓްފީ، ޓިންޑަރ އަދި ދިވެހިންގެ މެދުގައިވެސް މަގްބޫލު އިންސްޓަގްރާމްވެސް ވަނީ އެކްސްޕޯސްވެފަ އެވެ.

ނޫސްވެރިންނަށް ފޭސްބުކްގެ ހެކް އާ ބެހޭ ގޮތުން މައުލޫމާތު ދެމުން އެކުންފުނިން ބުނި ގޮތުގައި ފޭސްބުކް ލޮގިން ބޭނުން ކޮށްގެން މީހަކު ބޭނުން ކުރާ ކޮންމެ ސަރވިސް އަކަށް ވެސް ހެކަރުންނަށް އެކްސެސްވެވޭނެ އެވެ.

މިދިޔަ ހަފްތާގައި ފޭސްބުކްގެ 50 މިލިއަން އެކައުންޓް ހެކްކޮށްފައި ވާއިރު އޭގެ ތެރޭފައި މާރކް ޒަކަބާރގް އާއި ފޭސްބުކްގެ ސީއޯއޯ ޝެރީލް ސޭންޑްބާރގް ކެ އެކައުންޓް ވެސް ހިމެނެ އެވެ.
ހެކަރުން އެކަން ކޮށްފައިވަނީ ފޭސްބުކްގެ "ވިއު އޭސް" ފީޗާ ބޭނުންކޮށް، "ޓޯކަންސް" މެދުވެރިކޮށެވެ. ޓޯކަންސް މެދުވެރިކޮށް، ޕާސްވޯޑަކާ ނުލައި، އެ އެކައުންޓުތަކަށް ވަދެވެއެވެ. އެކައުންޓުތަކަށް ވަދެ، އެ އެކައުންޓުތަކުގެ މެސެޖުތަކާއި ފޮޓޯ އަދި ޕޯސްޓުތައް ހެކަރުންނަށް ބެލޭނެއެވެ.

ފޭސްބުކް އިން އިތުރަށް ބުނި ގޮތުގައި އެފްބީއައި އާއި އެކީ މައްސަލަ އިންވެސްޓިގޭޓް ކުރަމުން ދާއިރު ހެކްކުރި އެކައުންޓްތައް ބޭނުން ކޮށްގެން އަދި މިހާތަނަށް މިސްޔޫސެއް ކުރި ކަމަށް ފާހަގަ ވެފައި ނުވާ ކަމަށެވެ.

މީގެ އިތުރުން ކުރެޑިޓް ކާޑް ތަކާއި ޕާސްވޯރޑް ތަކަށް ހެކަރުންނަށް އެކްސެސް ނުވެވޭނެ ކަމަށް މާކް ޒަކަބާގް ވަނީ ޔަގީންކަން ދީފައެވެ.

މިކަމާ ގުޅިގެން ފޭސްބުކް އިން ވަނީ 90 މިލިއަން މީހުންގެ އެކައުންޓް އިއްޔެ ލޮގްޑް އައުޓް ކޮށްފައެވެ.

މީގެ ދެދުވަސް ކުރިން ޑާކް ވެބުގައި 3.90 ޑޮލަރަށް ފޭސްބުކް ލޮގިން ތައް ވިއްކަންލާފައި ހުއްޓައި ވެސް ވަނީ ފެނިފައެވެ.