ވިޔަފާރި

ޖެކްމާ އަލީބާބާ ޗެއާމަންކަން ދޫކޮށް ޗެރިޓީއަށް

ޗައިނާގެ އެންމެ ބޮޑެތި މުއްސަނދީންގެ ތެރޭ ގުނާލެވޭ ޖެކްމާ މިވަނީ އަލިބާބާގެ އެގްޒެކެޓިވް ޗެއާމަން ކަމުން އިސްތިއުފާދިނުމަށްފަހު އިނަސާނިއްތަށް ޚިދުމަތް ކުރަން ނިންއިފި އެވެ. ނަމަވެސް އެކުންފުނީގެ ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި އޭނާ ހުންނާނެ އެވެ.

1999 ވަނަ އަހަރު މާ އުފެއްދި އަލީބާބާ އަކީ މިހާރު ދުނިޔޭގެ އޮންލައިން މާކެޓްގެ ރަސްގެފާނެވެ. 400 ބިލިޔަން ޑޮލަރުގެ މިކުންފުނި ފިލްމު އުފެއްދުމުގެ ދާއިރާއަށް ވެސް ވަނީ ވަދެފައެވެ.

ކުރިން އިނގިރޭސި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރި ޖެކްމާ ނިއުޔޯކް ޓައިމްސް އަށް ދިން އިނޓަވިއުއެއްގައި ބުނެފައިވަނީ އޭނާ ރިޓަޔަރކުރީ ނޫން ކަމަށާއި މިއީ އިތުރު ބާބެއްގެ ފެށުމެއްކަމަށެވެ. ޗައިނާގެ ތިންވަނައަށް އެންމެ މުއްސަނދި މާ ގެ މިލްކިއްޔާތު 40 ބިލިޔަން ޑޮލަރަށް އަރައެވެ.

ނިއުޔޯކް ޓައިމްސްއަށް މަޢުލޫމާތުދެމުން މާ ބުނެފައިވަނީ އޭނާ މުއްސަނދި ކަމުގައި އަބަދު ނުހުންނާނެ ކަމަށާއި އަލީބާބާއި ފެޔަށްޖެހި ކޮންމެވެސް ދުވަހަކުން ޓީޗަރެއްގެ ގޮތުގައި ފެންނާނެކަމަށެވެ. އުމުރުން 54 އަހަރުގެ މާ މިހާރު އެންމެ ބޭނުންވަނީ އޭނާގެ އަމިއްލަ ފައުންޑޭޝަނެއްމެދުވެރިކޮށް މަސައްކަތް ފަށާށެވެ. މިކަމަށް ހިތްވަރުލިބެނީ ދުނިޔޭގެ އެންމެ މުއްސަނދި ބިލްގޭޓްސް ފަރާތުން ކަމަށް އޭނާ ފާހަގަ ކުރިއެވެ.