ކުއްލި ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރުކޮށްފައި ހުރި އަންހެނަކު މަރުވެއްޖެ

މަރިޔަމް ޝަހުދާ

ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުރި އަންހެނަކު ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި މަރުވެފައިވަނީ 23 އަހަރުގެ އަންހެނެކެވެ. މިމީހާ ހައްޔަރުކޮށްފައި ވަނީ ފޭރުމުގެ މައްސަލައެއްގަ އެވެ.

މި އަންހެން މީހާ ނިޔާވެފައިވަނީ ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ހުއްޓައިކަން ފުލުހުންވެސް ވަނީ ޔަގީިންކޮށްދީފަ އެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އެކަމާބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވި އެވެ.