ދިވެހި ބޭންކްގެ މުވައްޒިފުންތަކެއް އެތައް މިލިޔަން ރުފިޔާއަކަށް ޚިޔާނާތްތެރިވިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.
"ވަން އޮނލައިން" އަށް އެނގިފައިވާ ގޮތުގައި، މިކަންތައް ބެލުމުގެ މަސައްކަތް ކުރަމުންދަނީ، ބޭންކް އޮފް މޯލްޑިވްސްގެ އެތޭގައި ގާއިމް ކޮށްފައިވާ އުސޫލުތަކާއި ގަވާއިދުތަކުގެ ދަށުން ބޭންކްގެ އެތެރޭގެ އޮޑިޓަރުންނެވެ.
މި ހިޔާނާތާބެހޭ އިތު މައުލޫމާތެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ދިވެހި ބޭންކްގެ މުވައްޒިފުންތަކެއްގެ ޚިޔާނާތުގެ މައްސަލަތަކެއްގެ ކަންބޮޑުވުން ސޯޝަލް މީޑިޔާގައިވެސް ފެތުރިފައިވާއިރު، ބައެއް މީޑިޔާތަކުގައި ބުނެފައިވަނީ، އެ ހިޔާނާތުގެ އަގު އަށް މިލިޔަނެއްހާ ރުފިޔާއަށް އަރާނެ ކަމަށެވެ.