އެސްޓީއޯ

ޕެޓްރޯލް ލިޓަރަކުން އެއް ރުފިޔާ، ޑީސަލް ލިޓަރަކުން ދެ ރުފިޔާ ހެޔޮކޮށްފި

ޕެޓްރޯލު ލިޓަރަކުން އެއް ރުފިޔާ، އަދި ޑީސަލް ލިޓަރަކުން ދެ ރުފިޔާ ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ ޕެޓްރޯލާއި ޑީސަލުގެ އަގުހެޔޮކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވުމާއި ގުޅިގެން ކަމަށެވެ.

އެގޮތުން 14 ޖެނުއަރީ 2019 ފެށިގެން ޑީސަލް ލިޓަރެއް ވިއްކާނީ ނުވަ ރުފިޔާ ނުވަދިހަ ނުވަ ލާރިއަށް އަދި ޕެޓުރޯލް ލިޓަރެއް ވިއްކަމުން ގެންދާނީ 10 ރުފިޔާ 19 ލާރިއަށް ކަމަށެވެ.

މިހާރު ޕެޓްރޯލު ލިޓަރެއް ވިއްކަމުން ދަނީ އެގާރަ ރުފިޔާ ނަވާރަ ލާރިއަށެވެ. އަދި ޑީސަލް ލިޓަރެއް މިހާރު ވިއްކަމުންދަނީ އެގާރަ ރުފިޔާ ނުވަދިހަ ނުވަ ލާރިއަށެވެ.