ޚަބަރު

ތޫނު އެއްޗަކުން ބޮލަށް ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފި

ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަޚަމްކޮށްލައިފި އެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭ މެންދަމު ހުޅުމާލޭ ހޮސްޕިޓަލު ކައިރީގަ އެވެ.

ހަމަލާ ދީފައި ވަނީ 28 އަހަރުގެ ޒުވާނަކަށެވެ. ޕޮލިސް މީޑިއާ އޮފިޝަލު "ވަން އޮންލައިން" އަށް ވިދާޅުވީ އެ ހާދިސާގައި ޒަޚަމްވި ޒުވާނާއަށް ރޭ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ މާލެއަށް ބަދަލުކޮށްފައި ކަމަށާއި ފުލުހުން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މީގެ އެއް ދުވަސް ކުރީން ހުޅުމާލެއިން ވަނީ މަރުވެފައި އޮތް ޒުވާން އަންހެންކުއްޖަކު ފެނިފަ އެވެ. އަދި ހަމަ އެދުވަހު މާލެއިން ވެސް ވަނީ މަރުވެފައި އޮތް ޒުވާނަކު ފެނިފަ އެވެ. އެ ދެ މަރުގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.