ކޮކާކޯލާ ކުންފުނިން އިނގިރޭސި ޕްރިމިއާ ލީގް ބަލައިލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ރޭ ކުރިއަށް ދިޔަ ހަފުލާ ޝަރަފުވެރިކޮށްދިނީ ގައުމީ ޓީމުން ދާދި ފަހުން ރިޓަޔަ ވި ކީޕަރު އިމްރާން މުހައްމަދެވެ. ހަތް ހަފުތާއަކަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފައިވާ "ކޮކާ ކޯލާ ޕްރިމިއަ ލީގް" ޕްރޮމޯޝަންގައި ކޮންމެ ދުވަހަކު ވެސް ނަސީބުވެރި އެއްް ފަރާތަކަށް ޓީވީ ސެޓެއް އިނާމުގެ ގޮތުގައި ލިބެއެވެ. މީގެ އިތުރުން ބޮޑު އިނާމެއްގެ ގޮތުގައި ހަފުތާއަކު ދެ މީހަކަށް ކޮކާކޯލާގެ ފަރާތުން ޕްރިމިއާ ލީގް ބަލައިލަން ދިއުމުގެ ފުރުސަތު ލިިބެއެވެ. ކޮކާކޯލާއިން މި ފުރުސަތު ސިފަ ކުރަނީ ކޮކާކޯލާގެ ފަރާތުން ދޭ ފުލީ ޕެއިޑް ވެކޭޝަނެއްގެ ގޮތުގައެވެ.
މި ޕްރޮމޯޝަންގެ ގުރުއަތުގައި ބައިވެރިވެވޭނީ އެސްއެމްއެސް ކޮށްގެނެވެ. އެގޮތުން ކޮކާކޯލާ ފުޅީގެ މަތިގަނޑުގައިވާ ކޯޑު 2626އަށް އެސްއެމްއެސް ކުރުމުން މި ޕްރޮމޯޝަންގެ ގުރުއަތުލުމުގައި ބައިވެރިވެވޭނެ އެވެ.