ޓްރެވެލް ޓްރޭޑް މޯލްޑިވްސްގެ "ޓީޓީއެމް އެވޯޑްސް 2019" އަންނަ އޭޕްރިލް 22 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
"ޓީޓީއެމް އެވޯޑްސް 2019"އަކީ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންގެ އިތުރުން އެދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.
ވަން އޮންލައިންއަށް މައުލޫމަތު ދެއްވަމުން ޓްރެވެލް ޓްރޭޑް މޯލްޑިވްސްގެ ސީއީއޯ ޑރ ހުސައިން ސަނީ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރިޒޯޓް ތަކަށް "ޓީޓީއެމް އެވޯޑްސް 2019"އަށް ނޮމިނޭޓް ކުރަން ބޭނުންފުޅުވާ ފަރާތްތަކުގެ ނަން ފޮނުވުމަށް ހުޅުވާލާނެކަމަށެވެ. ސަނީ ވިދާޅުވީ ކޮންމެ ރިސޯޓަކަށްވެސް 10 ނަމެއް ނޮމިނޭޓް ކުރެވޭނެ ކަމަށާއި އޭގެތެރެއިން އެވޯޑު ދޭނީ 20 ފަރާތަކަށް ކަމަށެވެ.
ޓްރެވެލް ޓްރޭޑް މޯލްޑިވްސްއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް ޝޯ މިއަހަރު އޮންނަނީ އޭޕްރީލް 20އިން 22އަށެވެ.