އުރީދޫ

އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ގައްދޫއަށް

100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުތަކާއެކު، އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ގދ. ގައްދުއަށް ތައާރަފްކޮށްފިއެވެ.

އެކަމުގެ އުފަލުގައި އުރީދޫ އިން ތައާރަފްކޮށްފައިވާ ހާއްސަ އޮފާއެއް މެދުވެރިކޮށް، 25 އޮކްޓޯބަރ 2018ގެ ކުރިން އުރީދޫގެ ސުޕަނެޓްގެ ޚިދުމަތް ޙިޔާރު ކުރައްވާ ބޭފުޅުންނަށް، ބާރަ މަހުގެ ނިޔަލަށް ވަރަށް ހާއްސަ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ.

ގައްދޫގެ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫ އިން ސުޕަނެޓްގެ ޚިދުމަތް ގުޅައިދިނުމަށް އިތުރު ފީއެއް ނުހިމެނުމަށް ވަނީ ނިންމައިފައެވެ.

"އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ގެނުވައިދޭ އެތަކެއް ބައިނަލްއަގުވާމީ ވަސީލަތްތަކާ އާންމުން ގުޅުވައި ދިނުމުގައި، ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތް ވަރަށް މުހިއްމު ކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެހެންކަމުން، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ޚާއްސަ އިސްކަމެއް ދެން. އަދި، މި މަސައްކަތުގެ ތެރެއިން، ގދ. ގައްދުއަށް ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކޮށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދީގެން ގައްދޫގެ ރައްޔިތުން ގުޅުވާލަދެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް، ހުސައިން ނިޔާޒް ވިދާޅުވިއެވެ.

ކަސްޓަމަރުންގެ އެކި ބޭނުންތަކަށް އެކަށޭނެގޮތަށް ފަރުމާކުރެވިފައިވާ ތަފާތު ސުޕަނެޓް ބްރޯޑްބޭންޑް ޕެކޭޖްތަކެއް އުރީދޫ އިން ފޯރުކޮށްދެއެވެ. އަދި އެ ހިދުމަތާއެކު، ގައްދޫގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުތަކުގައި އިންޓަނެޓް ބޭނުންކުރެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. ސުޕަނެޓްގެ ޚިދުމަތް ހޯދުމުގައި ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަމެއް ފޯރުކޮށްދިނުމުގެ ގޮތުން، އުރީދޫ އިން ވަނީ 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭންއަކާއެކު ސުޕަރނެޓްގެ ރައުޓަރު ބައްލަވައިގަތުމުގެ ފުރުސަތު ދީފައެވެ.

ގައްދުއަށް ސުޕަނެޓްގެ ޚިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗާ ޕާޓްނަރަކީ ޝައިން އިންވެސްޓްމެންޓްސްއެވެ.

ސުޕަނެޓްގެ ހިދުމަތް ހޯއްދެވުމަށް، ނުވަތަ ސުޕަނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދުމަށް http://ore.do/sn އަށް ޒިޔާރަތްކުރުމަށް އުރީދޫ އިން އެދެއެވެ.