ގާސިމް އިބްރާހިމް

އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު މަޖިލީހުގެ ރައީސްއާ ބައްދަލުކުރައްވައިފި

ދިވެހި ސަރުކާރުން އިންޑިޔާއަށް ކަނޑައަޅުއްވާފަ ހުުންނަވާ ސަފީރު އާއިޝަތު މުހައްމަދު ދީދީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމްއާ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ،އިންޑިޔާގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަންކުރެއްވުމާ ގުޅިގެން އެކަމަނާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދިވެހި ރާއްޖެ އާއި އިންޑިޔާ އާ ދެމެދުއޮތް ރަހުމަތްތެރި ކަމުގެ ގުޅުން ކުރިއަށްއޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިޔާއިން އިން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީ އާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތަކާ ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް މަޖިލީހުގެ އިދާރާއިން މައުލޫމާތު ދިނެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ބެހޭގޮތުން ވެސް މައުލޫމާތު ހިއްސާކުރައްވައިފައެވެ.