އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން ތިން ދުވަހުގެ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ.
ކިމް ޗައިނާއަށް ދަތުރުކުރައްވާފައިވަނީ ޗައިނާގެ ރައީސްގެ ހާއްސަ ދައުވަތަކަށް ކަމަށް އެގައުމުގެ މީޑިއާއިން ބުނެއެވެ.
ކިމްގެ މި ދަތުރުފުޅުގައި ސުލްހައިގެ ވާހަކަތަކާ ބެހޭ ދެވަނަ ސަމިޓެއް ބޭއްވުމުގެ މަޝްވަރާވެސް ކުރައްވާނެކަމަށް މީޑިއާއިން ބުނެއެވެ.
ކިމް ޗައިނާއަށް ވަޑައިގެންފައިވަނީ އުތުރު ކޮރެއާގެ ރޭލެއްގައެވެ. ކިމް ދަތުރުފުޅު ކުރެއްވި ރޭލު ދެކުނުކޮރެއާ ހުރަސްކޮށް ޗައިނާ އަށް ދިޔަވަގުތު، ރޭލު ސްޓޭޝަންގައި ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ. އަދި ކިމް ދަތުރުކުރެއްވި މަގުތަކާއި ހުންނެވި ހޮޓާ ވެސް ވަނީ ބަންދުކޮށް ސަލާމަތީ ކަންކަން ވަރުގަދަކޮށްފައިކަމަށް މީޑިއާތަކުން ބުނެއެވެ.
ކިމްގެ ޗައިނާ ދަތުރުފުޅުގައި އުތުރު ކޮރެއާގެ ވަފުދެއް ވަނީ ބައިވެރިވެފައެވެ.
މިއީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން މިހާތަނަށް ޗައިނާ އަށް ކުރެއްވި ހަތަރުވަނަ ދަތުރުފުޅެވެ.