Close
ލައިފް ސްޓައިލް

އެއާޕޯރޓް ސެކިއުރިޓީ ޓްރޭ އަކީ ނުރައްކާތެރި އެއްޗެއްކަން އެނގޭތަ؟

މުހައްމަދު އައުޒަމް

ދިރާސާތަކުން އެނގުނުގޮތުގައި އެއާޕޯރޓް ސެކިއުރިޓީ ޕޯސްޓު ތަކުގައި ހުންނަ ޕްލާސްޓިކް ޓްރޭގައި ނުރައްކާތެރި ވައިރަސް ތަކެއް ދައުރުވަމުން ދެއެވެ. މިދިރާސާކުރި ފަރާތްތަކުން ވަނީ މިސާވޭ ކުރުމަށް އެއާޕޯރޓް ގެ އެކިތަންތަނުގައި ވައިރަސްތަކުގެ އަސަރު ހުރި މިންވަރު ބަލައިފައެވެ. އޭގެ ތެރޭގައި ޓާމިނަލް ތަކާއި ސިޑި ތަކާއި ކައުންޓަރު ފަދަ ދަތުރުވެރިން އެންމެ ގިނައިން ބޭނުންކުރާ ތަންތަން ބަލައިފައިވެ އެވެ.

މިދިރާސާއިން އެންމެ ގިނައިން ފެނިފައި ވަނީ ރޯގާ ފެތުރޭ ރައިނޯ ވައިރަސް ކަމަށް ދިރާސާ ކުރި ޓީމުން ބުނެއެވެ. ބައެއް ޓްރޭ ތަކުން އިންފުލުއެންޒާ އޭ ގެ ވައިރަސް ވެސް ފެނިފައި ވެއެވެ. ދިރާސާގެ އެންމެ އިސް ޕްރޮފެސަރު ބުނިގޮތުގައި މި ދިރާސާގެ ސަބަބުން އާންމު ތަންތަނުގެ ސާފުތާހިރު ކަމާމެދު ހޭލުންތެރިކަން އިތުރުވެގެން ދާނެ އެވެ.

މިހާތަނަށް އެއްވެސް އެއާރޕޯޓެއްގައި މިފަދަ ވައިރަސް ހުރިތޯބެލުމަށް އެއްވެސް ދިރާސާއެއް ކުރެވިފައި ނުވާއިރު މިދިރާސާގެ ނަތީޖާގެ ސަބަބުން ކަމާބެހޭ ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދޭންކަމަށް ބެލެވެއެވެ.