އުމަރު ނަސީރު

ހެލިކޮޕްޓަރު ފޮނުވާލާނެ ވެރިޔަކީ އަޅުގަނޑު: އުމަރު

އަހުމަދު ޖައިޝަން

އިންޑިއާ ސިފަައިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރުތައް އަނބުރާ ފޮނުވާލާނެ ވެރިޔަކީ އޭނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިންޑިއާ ސިފަައިން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރުތަކުގެ އެއްބަސްވުންތައް އާކޮށް ބަލިމީހުން އުފުލުމާއި ވައިގެ މަގުން ކަނޑުގެ ސަރަހައްދު ބެލުމުގެ މަސައްކަތްތަކުގައި އެ ހެލިކޮޕްޓަރުތައް ސަރުކާރުން ވަނީ އަލުން ބޭނުންކުރަން ފަށާފައެވެ.

އެމަކާ ގުޅޭގޮތުން އުމަރު ނަސީރު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް ހެލިކޮޕްޓަރުތައް ފޮނުވާލެވުނު ކަމަށް ނުވި ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ ސިފައިން ހެލިކޮޕްޓަރު ދުއްވުމާ ގުޅިގެން އާންމުން ވަނީ މީގެކުރީން ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންޑިއާގެ ސިފައިން އެ ހެލިކޮޕްޓަރުތައް ދުއްވި ނަމަވެސް، މަސައްކަތް ކުރާނީ ދިވެހި ސަރުކާރުގެ އެންގުމުގެ މަތީން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ބުނެފަ އެވެ.

ބަލި މީހުން އުފުލުމަށާއި ސާޗް އެންޑް ރެސްކިއު މިޝަންތަކުގައި ބޭނުން ކުރުމަށް އިންޑިއާއިން ދެ ހެލިކޮޕްޓަރު ފުރަތަމަ ގެނެސްފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2010 ވަނަ އަހަރެވެ.