Close
ޚަބަރު

މިއަހަރުގެ ފުރަތަމަ އިރުކޭތަ މާދަމާ ހިފާނެ

މުހައްމަދު އައުޒަމް

މިއަހަރުގެ ފުރަތަމަ އިރުކޭތަ މާދަމާ ހިފާނެއެވެ.

އޭޝިއާގެ ބައެއް ގައުމުތަކަށް ފެންނާނެކަމަށް ބެލެވޭ މިއިރުކޭތަ ފެންނާނީ އިރުއަރާ ވަގުތުއެވެ.

ވަން އޮންލައިންއަށް މައުލޫމާތުދެމުން މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ މިއީ ޕާޝިއަލް ސޯލާ އިކްލިޕްސްއެއް ކަމަށާއި މިކޭތަ ރާއްޖެއަށް ނުފެންނާނެ ކަމަށެވެ.

ޗައިނާ، ދެކޮރެއާ އަދި ޖަޕާނުގެ އިތުރުން ރަޝިއާ އަދި އުތުރު ޕެސިފިކް ކަނޑުގެ ބައެއް ސަރަހައްދުތަކަށް ކޭތަ ފެންނާނެއެވެ.

މަދުން ނޫނީ ނުފެންނަ ބްލަޑް މޫންއެއް މި މަހުގެ 20 އަދި 21 ވަނަ ދުވަހު ފެންނާނެ ކަމަށް ބެލެވެއެވެ. އަދި ދުނިޔޭގެ ބޮޑު ސަރަހައްދަކަށް އެދުވަހު ހަނދު ކޭތަ ވަރަށް ސާފުކޮށް ފެންނާނެ ކަމަށްވެސް ބެލެވެއެވެ.