އިތިއޯޕިއަން އެއާލައިންސްގެ ފްލައިޓެއް 139 މީހުންނާއެކު ރަންވޭއިން ކަހާލައިފިއެވެ.
ޔޫގަންޑާގެ ބައިނަލްއަގުވާމީ އެއާޕޯޓަކަށް ފްލައިޓު ޖެއްސުމާއެކު ވަނީ ރަންވޭއިން ކަހާލައިފައެވެ. ބޯއިން 800-737 މަރުކާގެ މިފްލައިޓް ރަންވޭއިން ކަހާލުމާއެކު އެއާޕޯޓުގެ ސަލާމަތީ ކަންކަން ބަލަހައްޓާ މުވައްޒަފުން ވަނީ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފައެވެ.
ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނާއި ފަޅުވެރީންނަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް އެއާޕޯޓުގެ އޮފިޝަލުން މައުލޫމާތު ދެއެވެ.
ރަންވޭއިން ކަހާލި ފްލައިޓަށް ލިބުނު ގެއްލުން ބަލަމުން އަންނަ ކަމަށް އެއާޕޯޓުގެ އޮފިޝަލުން ވަނީ ބުނެފައެވެ. އަދި މިހާރު އެފްލައިޓު ރައްކާތެރި ސަރަހައްދަކަށް ގެންގޮސް އެއާޕޯޓުގެ އޮޕަރޭޝަން ވަނީ އަލުން ފަށާފައެވެ.
އިތިއޯޕިއަން އެއާލައިންސް އަކީ އެފްރިކާގައި ފަސިންޖަރުން އުފުލާ އެންމެ ބޮޑު އެއާލައިން އެވެ.