ވިޔަފާރި

މިއަހަރު ރާއްޖެ އައި ފުރަތަމަ ފަތުރުވެރިޔާއަށް ގިނަ ހަދިޔާތަކެއް

އަހުމަދު ޖައިޝަން

ރާއްޖެއަށް މިއަހަރު އައި ފުރަތަމަ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔައި ތަފާތު ގިނަ ހަދިޔާ ދީފިއެވެ.

މިއަހަރު ރާއްޖެއަށް ފުރަތަމަ އައިސްފައިވަނީ ސައުދީ އަރަބިއްޔާގެ ފަތުރުވެރިއެއް ކަމަށްވާ ހާލިދު ކަރީމެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުންނާއި ދަރިފުޅާއެކުއެވެ.

އެ އާއިލާއަށް މަރުހަބާ ކިޔުމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންފައެވެ.

ރާއްޖެ އައި ފުރަތަމަ ފަރާތް ފާހަގަކޮށް ޕްރައިވެޓް ރިޒޯޓެއް ކަމަށްވާ އާވީ މޯލްޑިވްސް އިން ވަނީ ހަތް ރޭގެ ހޮލިޑޭ ޕެކޭޖެއް އާއިލާއަށް ހަދިޔާކޮށްފައެވެ. އަދި އޮމާން އެއާގެ ފަރާތުން އެ އާއިލާއަށް ވަނީ ރިޓާން ޓިކެޓް ހަދިޔާކޮށްފައެވެ.

ނޫސްވެރީންނަށް މައުލޫމާތު ދެމުން ހާލިދު ކަރީމް ބުނީ ވަރަށް ގިނަ ގައުމުތަކަށް މީގެކުރީން ދަތުރުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް ރާއްޖެ ފަަދަ ރީތި ތަނަކަށް ނުދެވޭ ކަމަށް އޭނާ ބުންޏެވެ.