ބަނގްލަދޭޝް ގެ އާންމު އިންތިހާބު ޝެއިހް ހަސީނާ ކާމިޔާބު ކުރައްވައިފިއެވެ.
ބަނގްލަދޭޝްގެ ވެރިކަން ކުރާ ޕާޓީިންވަނީ މަޖިލީހުގެ 350 ގޮނޑީގެ ތެރެއިން 288 ގޮނޑި ކާމިޔާބު ކޮށްފައެވެ. ބަނގްލަދޭޝްގެ ގާނޫނު ހަދާ މަޖިލީހުގައި 50 ގޮނޑިއަކީ އަންހެނުންނަށް ރިޒާވް ކޮށްފައި ހުންނަ ގޮނޑިތަކެވެ.
ބަނގްލަދޭޝްގެ އިދިކޮޅު ލީޑަރު ކަމާލް ހުސައިން ވަނީ އިންތިހާބުގައި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާފައިވާ ކަމަށް ބުނެ އިންތިހާބުގެ ނަތީޖާ ގަބޫލު ނުކުރަން ނިންމައިފަ އެވެ. އިދިކޮޅު ލީޑަރުވަނީ ބައެއް ހިސާބުތަކުގައި ވޯޓު ލުމުގެ ކުރިން ވޯޓް ފޮށި ތެރޭގައި ވޯޓުކަރުދާސް ހުރިކަމަށް ބުނެ ބަނގްލަދޭޝްގެ އިލެކްޝަން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
އިދިކޮޅު ލީޑަރުވަނީ އިންތިހާބު ބާތިލުކޮށް އާ އިންތިހާބެއް ބޭއްވުމަށް ވެސް ސަރުކާރަށް ގޮވާލައިފައެވެ.
ބަނގްލަދޭޝްގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި މައްސަލަތަކެއް ހުރިކަމަށް ބުނެފައެވެ. އަދި އެމައްސަލަތަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފައެވެ.
ބަނގްލަދޭޝްގެ އާންމު އިންތިހާބާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް 17 މީހުން ވަނީ މަރުވެފައެވެ.