ޚަބަރު

އަމީރު އަހުމަދު މަގު މިއަދު ހަވީރު ހުޅުވާލަނީ

އަހުމަދު ޖައިޝަން

އަމީރު އަހުމަދު މަގުގެ އިސްލާމީ މަރުކަޒު ސަރަހައްދު މަރާމާތު ކުރުމަށްފަހު މިއަދު ހަވީރު ހުޅުވުމަށް ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނިގޮތުގައި މިއަދު ހަވީރު 5:30 ހާއިރު އެ މަގު އާންމުންނަށް ހުޅުވައިލާނެ އެވެ.

އެ މަގު އާންމުންނަށް ހުޅުވާލުމަށް އަމީރު އަހުމަދު މަގުގެ އިސްލާމީ މަރުކަޒު ސަރަހައްދުގައި ޖަހާފައި ހުރި މާބުލްތައް ނެއްޓުމުގެ މަސައްކަތް ފަށާފައިވަނީ މިމަހު ހަތަރެއްގައެވެ.

މާލޭގެ މަގުތަކުގެ ހާލަތު ބަލައި ހުޅުވާލަން ޖެހޭ މަގުތައް 90 ދުވަހުގެ ތެރޭގައި އަލުން ހުޅުވައިލާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ބުނެފައެވެ.