މެންބަރު އަބްދުﷲ ރިޔާޒް

ގާނޫނު އަސާސީ ދިވެހީންނަށް ލިބުނީ ވަކި ބައެއްގެ ބާރު ވަކިތަނެއްގައި އޮވެގެނެއްނޫން: އަބްދުﷲ ރިޔާޒު

ޝަހީދާ އަބްދުﷲ ސައީދު

އާ ގާނޫނުއަސާސީ ދިވެހިންނަށް ލިބުނީ ވަކިބައެއްގެ ބާރު ވަކި ތަނެއްގައި އޮވެގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ރިޔާޒު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ރިޔާޒުގެ ޓުވީޓުގައި ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހުކުރެވޭނީ ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ބޭފުޅުންނާއި އަދި ޖުޑިޝަރީގައި ތިއްބެވި ބޭފުޅުން ގައުމީ ވިސްނުމެއްގައި މަސައްކަތްކުރައްވައިގެން ކަމަށެވެ.

އަދި ބޭނުންވަނީ އިޚުލާސްތެރިން ކަމަށް ރިޔާޒުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

ގެއްލުވައިލައިފައިވާ މީހުންނާއި ހަގީގަތް ނޭނގޭ މަރުތަކުގެ މައްސަލަ ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ރިޔާސީ ކޮމިޝަނުން އިއްޔެ ބުނެފައިވަނީ ކޯޓުތަކުން އިންސާފު ގާއިމްކުރުމުގައި ބޮޑެތި މައްސަލަތަކެއް ހުރި އެބަ ކަމަށެވެ.

އަދި ކްރިމިނަލް ކޯޓަށް އިތުބާރު ނުކުރެވޭ ކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެއެވެ.