ޗައިނާގެ ޔުނިވާސިޓީއެއްގެ ލެބު ގޮވައި ތިން ދަރިވަރަކު މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައި ވަނީ ޗައިނާގެ ބެއިޖިންގ ޔުނިވާސިޓީގެ ލެބުގައި މިތިން ދަރިވަރުން އެކްސްޕެރިމަންޓެއް ހަދަމުންދަނިކޮށް ކަމަށް ބެއިޖިންގ ފަޔަރ ޑިޕާޓްމަންޓެން މައުލޫމާތު ދެއެވެ.
ބެއިޖިންގ ޔުނިވާސިޓީގެ އެންވަޔަރަމެންޓަލް އިންޖީނިއަރިންގ ލެބޯޓްރީގައި އުކާލާ ފެން ބޭނުންކޮށްގެން ތަހުލީލު ކުރުމުގެ ތެރޭގައި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް ފަޔަރ ޑިޕާޓްމަންޓުން ބުނެއެވެ.
ބެއިޖިންގެ މީޑިއާއަކުން ޓްވިޓާގައި ޕޯސްޓްކުރި ވީޑިއޯއަކުން ފެންނަގޮތުގައި އަލިފާން ރޯވެ އެ ޔުނިވާސިޓީގެ ތިރީގައި އަނދަމުން ދެއެވެ. ރިޕޯޓުތައް ބުނާގޮތުން އަލިފާންގަނޑުގެ ކުލަ ބަދަލުވުމުން އެ ކެމިކަލްގެ އަސަރު ހުރިކަމުގެ ނިޝާނެކެވެ. އަދި ކެމިކަލެއްގެ ސަބަބުން ހިނގި ހާދިސާއެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.