ޚަބަރު

އޭލެވެލް އިން އެއްވަނަ ހޯދާ ދަރިވަރަކު ބޭނުން ގައުމަކުން ކިޔަވަން ފުލް ސްކޮލަޝިޕް އެސްޓީއޯއިން ދެނީ

މުހައްމަދު އައުޒަމް

4

އޭލެވެލް އިން އެއްވަނަ ހޯދާ ދަރިވަރަކު ބޭނުން ގައުމަކުން ކިޔަވަން ފުލް ސްކޮލަޝިޕް ދޭން އެސްޓީއޯ އިން ނިންމައިފިއެވެ.

ބްލޭޒަން އިންކުން ދޭ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާ ގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ހުސައިން އަމްރު ވިދާޅުވީ ގައުމުގެ އިގްތިސާދު ކުރިއެރުވޭނީ ފެންވަރު ރަނގަޅު ތައުލީމެއް ދެވިގެން ކަމަށެވެ.

އަމްރު ވިދާޅުވީ ވީވަރަކުން ކޮންމެ ބަޔަކުވެސް ރާއްޖޭގެ ތައުލީމީ ސެންޓަރުތަކަށް އެހީތެރިވެ އިންވެސްޓް ކޮށްގެން ނޫނީ އަޅުގަނޑުމެން ދެކެން ބޭނުންވާ ހުވަފެން ހަގީގަތަކަށް ނުވާނެ ކަމަށެވެ.

"ތައުލީމީ ފަންނުވެރި ޖީލެއް ބިނާކޮށްގެން ނޫނީ ރާއްޖެއަށް ގެންނަން ބޭނުންވާ އެއްވެސް ބަދަލެއް ނުގެނެވޭނެ. އަދި ކުންފުނިތަކުގެ ކުރިއެރުމަށްވެސް އެންމެ އިސްކަން ދޭން ޖެހޭނީ ތައުލީމަށް.." ހުސައިން އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެސްޓީއޯއިން ތައުލީމަށް ކުރާ އިންވެސްޓް އިތުރުކުރާނެ ކަމަށެވެ. އެގޮތުން އޭލެވެލް އިން އެއްވަނަ ހޯދާ ދަރިވަރަކު ކިޔަވަން ބޭނުން ގައުމަކުން ފުލް ސްކޮލަޝިޕް އެސްޓީއޯއިން ދޭނެ ކަމަށް އަމްރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ލެބް ޓެކްނީޝަނުން ތަމްރީނު ކުރުމަށް ސެންޓަރެއް ގާއިމްކުރަން ނިންމާފައިވާ ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަމްރުވަނީ ރާއްޖެއަށް ނޫ އިގްތިސާދުގެ ސިޔާސަތުގެ ސަބަބުން ލިބޭނެ ފައިދާތަކަށް އަލި އަޅުވާލައްވައިފައެވެ.

ޢައްޔު

ރައްޔިތުން ހިއްސާވާ ކުންފުންޏަކަށް އެކަށިގެންވާ ވަރުގެ ޑިވިޑެންޑެއް ނުދެވޭއިރު ތިފަދަ ބޮޑެތި ހަރަދުކުރެވިގެން ނުވާނެ.

މުހައްމަދު ފުޅު

ހެސްކިޔާފަ ކިޔަވައިގެން އައިއްސަ ވަޒީފާ އެއް ނުލިބިފަ. އުޑެއް ބުޑެއް ނުދަންނަ މީހުނައް ސުޓޭޓު މިނިސްޓަރު ކަންދޭ ސަރުކާރަކުން ތިހެންބުނީމަ ހަމަ ހިނި އަންނަނީ..

ނަސްރު

ތިޔަ ދީލަތި ކަމުގެ އަގަކީ ކޮބާ؟ ކިތަށް އަހަރުގެ ބޮންޑެއް؟

ނަސްރު

ތިޔަ ދީލަތި ކަމުގެ އަގަކީ ކޮބާ؟ ކިތަށް އަހަރުގެ ބޮންޑެއް؟