Close
ކުއްލި ޚަބަރު

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް އިނގިރޭސި ރައްޔިތަކު ހަމަޖައްސައިފި

އަލީ ޔާމިން

4

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިނގިރޭސިވިލާތުގެ ރައްޔިތަކު ހަމަޖައްސައިފިއެވެ.

އެމްއޭސީއެލްގެ އެޗްއާރް ޑިޕާޓްމެންޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ، އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަންކޮށްފައި ވަނީ ވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓިއާޓް ކަމަށެވެ.

ގޯޑަން އަކީ ޔޫރަޕް، މެދުއިރުމަތި، އުތުރު އެފްރިކާ، އޭޝިއާ އަދި އުތުރު އެމެރިކާގައި އޭވިއޭޝަން އެންޑް ޓްރާންސްޕޮޓޭޝަން އިންޑަސްޓްރީގައި 30 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށް އެމްއޭސީއެލުން ބުނެއެވެ. އަދި އޭގެ ތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަސް ގޯޑަން ހޭދަކުރައްވާފައިވަނީ އެގްޒެކެޓިވް އަދި ބޯޑު ފެންވަރުގެ މަގާމުތަކުގައި ކަމަށްވެސް އެ ސާކިއުލާގައި ބުނެފައި ވެއެވެ.

ވަން އޮންލައިން އަށް ކޮޕީއެއް ލިބިފައިވާ އެ ސާކިޔުލާގައި، އެމްއޭސީއެލުން ބުނީ، އެ ކުންފުންޏާ ގޯޑަން ގުޅިވަޑައިގަންނަވާނީ ރާއްޖޭގެ އިންޓަނޭޝަނަލް ބޯޑަރު ހުޅުވުމަށް ފަހުގައި ކަމަށެވެ.

މާޗު މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރުތައް އަލުން ހުޅުވާލަން ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟