ޚަބަރު

ޕެސިފިކް އައިލެންޑް ކައިރިއަށް ފްލައިޓެއް ވެއްޓި، އެންމެން ސަލާމަތް ވެއްޖެ

މުހައްމަދު އައުޒަމް

މެކްރޮނީޝިއާގެ ޗޫކް އެއާޕޯޓަށް ޖައްސަން އުޅުނު އެއަރ ނުއިގިނީގެ ފްލައިޓެއް ރަންވޭ ނުފެނި މޫދަށް ވެއްޓިއްޖެއެވެ.

ބޯއިންގް 800- 737 ގެ މި ފްލައިޓު ވެއްޓިފައި ވަނީ އެގަުމުގެ ގަޑިން ހެނދުނު 09:30 ގައިއެވެ. މި ފްލައިޓުގައި 36 ފަސިންޖަރުންގެ އިތުރުން 11 ކުރޫ އިން ދަތުރުކުރި އިރު ހުރިހާ އެންމެން ވެސް ވަނީ ސީރިޔަސް އިންޖަރީއެއްނުވެ ސަލާމަތް ވެފައެވެ.

ފްލައިޓު ވެއްޓުމާއި އެކު 5 މިނިޓު ތެރޭ ކައިރި ސަރަހައްދުތަކުގައި ތިބި ކުދި ބޯޓުފަހަރުތަކުން ވަނީ އެމީހުނަށް އެހީތެރިކަން ފޯރުވަދީފައެވެ. މެކްރޮނީޝިއާގެ ޗޫކް އެއާޕޯޓުގެ މެނޭޖިންގ ޑައިރެކްޓަރު ނޫސް ވެރިންނަށް މަޢުލޫމާތު ދެމުން ބުނީ ފްލައިޓު ވެއްޓިފައިވަނީ ރަންވޭ އާއި 150 ޔާޑު ދުރުހިސާބަކަށެވެ. ބޯޓު ވެއްޓުމަށް ދިމާވި ސަބަބު ހޯދަމުންދާކަމަށްވެސް އޭނާ މަޢުލޫމާތުދިނެވެ.

އެއާރ ނިއުގިނީ އަކީ ޕަޕުއާ ނިއުގިނީގެ ގައުމީ އެއަރލައިންއެވެ.