ޚަބަރު

ސްކައުޓުންގެ އެހީތެރިކަން ހޯދުމަށް އީސީއިން ސްކައުޓް އެސޯސިއޭޝަންގެ ބޭފުޅުންނާ ބައްދަލުކޮށްފި

މަރިޔަމް ޝަހުދާ

ވޯޓުލާ މަރުކަޒުތަކުގައި ސްކައުޓުންގެ އެހީތެރިކަން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ބޭފުޅުންނާ ބައްދަލު ކުރައްވައިފިއެވެ.

އީސީ އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި ސްކައުޓް އެސޯސިއޭޝަންގެ ބޭފުޅުންނާއި އީސީގެ ބޭފުޅުން ބައްދަލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގެ އިންތިޒާމްތައް ފުރިހަމައަށް ގެންދިއުމަށް ސްކައުޓުންގެ އެހީތެރިކަން ހޯދުމާ ބެހޭގޮތުން މަޝްވަރާ ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވަން މިހާރު ހަމަޖެހިފައިވާ އިރު، ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވަނީ އިންތިހާބަށް ކުރިމަތިލުމަށް 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވާލާނެކަމަށް ވިދާޅުވެފައެވެ.