މުހައްމަދު މުސްތަފާ (ތިމަރަފުށި)

ކުރީގެ ނައިބު ރައީސް އަދީބު ދޭ އެއްބާރުލުމަށް ސަރުކާރު އޮތީ އުފަލުން : މުސްތަފާ

މަރިޔަމް ޝަހުދާ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މި ސަރުކާރަށް ދޭ އެއްބާރުލުމަށް ސަރުކާރު އޮތީ އުފަލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.

މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވަގަށް ނެގި ފައިސާ އޮޅު އަޅާފައި ވިޔަސް ހުރި ތާކުން ނެރޭނެ ކަމަށެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީން ކުރި ހުރިހާ ވައްކަމެއް ކުރީ ކުރީގެ ރައީސް ޔާމީންކަން ކިތާބީ ހެއްކާއެކު ފަޅާ އަރައިފި ކަމަށް ވެސް މުސްތަފާ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި 2016 އިން ފެށިގެން އަަދީބު ޖަލުބަންްދުގައި ހުރިއިރު އަދީބު ގޭބަންދަށް ބަދަލްކޮށްފައި ވަނީ ފާއިތުވި ނޮވެމްބަރު މަހުގަ އެވެ.