ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ޗީފް ކޮމިޝަނަރު ހުސައިން އަބްދުﷲ އަވަހާރަވެއްޖެއެވެ.
ބ. ކެންދުއަށް އުފަން އުމުރުން 45 އަހަރުގެ ހުސައިން އަވަހާރަވީ އައިޖީއެމްއެޗްގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އޭނާ ކެންސަރަށް ފަރުވާ ހޯއްދަވާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.
ހުސައިން އަވަހާރަވިއިރު އޭނާ ހުންނެވީ އަރަބިއްޔާ ސްކޫލްގެ ގުރޫޕް ލީޑަރެއްގެ މަގާމުގައެވެ. އާންމު ގޮތެއްގައި ސްކައުޓްގެ ހަރަކާތްތަކުން އިސްކޮށް ފެންނަ ހުސައިން، އާލާސްކަންފުޅާ ގުޅިގެން ފަހަކަށް އައިސް ހަރަކާތްތަކުން ފެނިފައެއް ނުވެއެވެ. އޭނާ ފާހަގަކޮށްލެވެނީ ރާއްޖޭގެ ސްކައުޓަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްގެ ގޮތުގައެވެ.
ހުސައިންގެ ކަށުނަމާދު އޮންނާނީ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.