އިބްރާހީމް އަމީރު

އިންޑިއާއިން ދިން އެހީއަކީ ދަރަންޏެއް ނޫން: އަމީރު

އަހުމަދު ޖައިޝަން

ލައިން އޮފް ކްރެޑިޓްގެ ގޮތުގައި ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 1.4 ބިލިއަން ޑޮލަރުގެ އެހީއަކީ ދަރަންޏެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް ލޯނުގެ އެހީ ދިނުމަށް އިއްޔެ ނިންމުމާ ގުޅިގެން މައުލޫމާތު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ އެ އެހީގެ ސަބަބުން ދަރަނި ބޮޑުވެގެން ނުދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ 1.4 ބިލިއަން ޑޮލަރުގެ އެހީއިން ނަގާނީ ކުޑަ އިންޓްރަސްޓެއް ކަމަށެވެ. އެގޮތުން ނަގަނީ 1.5 ޕަސެންޓުގެ އިންޓްރަސްޓެއް ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ލޯން އެހީގެ ގޮތުގައި ހިމެނޭނީ ދެ ގައުމުގެ ސެންޓްރަލް ބޭންކާ ދެމެދު ހަދާފައިވާ ކަރަންސީ ސްވަޕްގެ އެއްބަސްވުން 200 މިލިއަން ޑޮލަރުން 400 މިލިއަން ޑޮލަރަށް އިތުރު ކުރުން ކަމަށެވެ. އޭގެއިތުރުން އިންޑިއާގެ އެކްޒިމް ބޭންކުން ދޭ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއްވެސް އެ އެހީގައި ހިމެނޭ ކަމަށް ވިދާޅުވިއެވެ.