Close
ލައިފް ސްޓައިލް

އައިފޯނުގެ އާ މޮޑެލްތަކެއް ސެޕްޓެމްބަރ 12 ގައި ތައާރަފުކުރަނީ

ސެޕްޓެމްބަރ 12 ވަނަ ދުވަހު އެޕަލް ކުންފުނީގެ ހާއްސަ އިވެންޓެއް ސްޓީވް ޖޮބްސް ތިއޭޓަރުގައި ބާއްވާނެ ކަމަށް އެޕަލްއިން ބުނެފައި ވާއިރު އައިފޯނުގެ އާމޮޑެލްތައް މިއިވެންޓުގައި ތަޢާރަފު ކުރާނެއެވެ.

އެޕަލްގެ އުފެއްދުންތައް ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާގޮތުގައި މިފަހަރު ސްމާޓް ފޯނު ތަޢާރަފް ކުރާއިރު ކުރީގެ ފޯނު ތަކަށްވުރެ ޑިސްޕްލޭ ބޮޑު ފޯނެއް ފެނިގެން ދާނެއެވެ. އަދި އައިފޯނު އެކްސް ޑިސްޕްލޭ އާއި އެއްގޮތް ނަމަވެސް ޚަރަދު ކުޑަ އެލްސީޑީ ސްކްރީން ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފައްދާ އެއިފޯނެއް ވެސް ފެނިގެން ދާނެކަމަށް ލަފާކުރެވެ އެވެ.

އެޕަލް އިވެންޓުގެ ވާހަކަތައް މީސްމީޑިޔާގައި ދައުރުވަމުން އަންނައިރު އިވެންޓުގެ ދައުވަތު ކާޑުގައި ރަން ކުލަ ބޭނުން ކޮށްފައިވުމުން ގިނަފަރާތްތަކުން ލަފާކުރާގޮތުގައި އައިފޯނު އެކްސް ގެ ކުރިން ތަޢާރަފު ކޮށްފައިނުވާ އައިފޯން އެކްސް ގޯލްޑް ފެނިގެން ދިއުން އެކަށީގެން ވެއެވެ. އެޕަލްއިން މިއަހަރު ވަނީ އައިފޯން އެކްސް ގޯލްޑް ވިއްކުމުގެ ހުއްދައަށް އެދި އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް އަށް ހުށަހަޅާފައެވެ.

ޓެކްނޮލޮޖީ ޚަބަރުތައް ގެނެސްދޭ "ނައިން ޓު ފައިވް މެކް" ވެބްސައިޓުުން ބުނެފައިވާ ގޮތުގައި އައިފޯންގެ އާ ފޮޓޯތަކުގައި އައިފޯން އެކްސް އާ އެއްގޮތް ރަންކުލައިގެ ދެ ފޯނުގެ ތެރެއިން ޑިސްޕްލޭ ބޮޑު އައިފޯން އެކްސް އެސް ފާހަގަ ކޮށްލެވެއެވެ. އެޕަލް ކުންފުނީގެ އެޕަލް ވޮޗްގެ ޑިސްޕްލޭ ބޮޑު ވާޝަން ވެސް މި ފަހަރު ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާކަމަށް އެ ވެބްސައިޓުގައިވެއެވެ.

ނައިން ޓު ފައިވް މެކް ވެބްސައިޓާ ހަވާލާދީ ރޮއިޓާރސް އިން މަޢުލޫމާތުދޭ ގޮތުގައި މިއީ ސައްހަ މަޢުލޫމާތު ތަކެކެވެ. ނަމަވެސް އެމަޢުލޫމާތު ހޯދާފައިވާ ގޮތް ހާމަ ކުރުމަށް އުޒުރުވެރިވާ ކަމަށެވެ. އެޕަލް ކުންފުނިންވެސް މިމަޢުލޫމާތު ދޮގުކޮށްފައެއް ނުވެއެވެ.

އެޕަލް ކުންފުނީގެ ޙިއްސާ 2.2 ޕަސެންޓު ކުރިއަރާފައިވާއިރު ޙިއްސާ އަކަށް 227.97 ޑޮލަރު ޖެހެއެވެ.