Close
އެސްޓީއޯ

އަމިއްލަ ފަރާތްތަކުން ފަހާ ފޮތިމާސްކުގައި އެސްޓީއޯ ލޯގޯ ބޭނުން ނުކުރަން އެ ކުންފުނީން އަންގައިފި

އަލީ ޔާމިން

ވިޔަފާރީގެ ބޭނުމަށް ވިއްކަމުން އަންނަ ފޮތި މާސްކުގައި ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޑް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ލޯގޯ ޖަހަމުން ދާތީ އެކަން ނުކުރަން އެ ކުންފުނިން އަންގައިފި އެވެ.

އެސްޓީއޯއީން މިރޭ ނެރުނު އިއުލާނެއްގައި ބުނީ، ކޮވިޑާ ގުޅިގެން ބައެއް ފަރާތްތަކުން ވިޔަފާރީގެ ބޭނުމަށް ވިއްކަމުން އަންނަ ފޮތި މާސްކުގައި އެ ކުންފުނީގެ ނަން ޖަހައިގެން ވިއްކާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"... މިކަމަކީ މި ކުންފުނީގެ ހުއްދަ ލިބިގެން ކުރަމުންދާ ކަމަކަށް ނުވާތީ، ކުންފުނީގެ ލޯގޯ ޖެހި މާސްކް ތައްޔާރުކޮށް ވިއްކުން ހުއްޓާލުމަށް މިިކަން ކުރަމުންދާ އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަން" އެސްޓީއޯގެ އިއުލާނުގައި ވެއެވެ.

ކޮވިޑުން ރައްކާތެރިވުމަށް މާސްކް އެޅުމަށް ސިއްހީ މާހިރުން އިލްތިމާސްކުރަމުން އަންނައިރު މާސްކަށް އޮންނަ ޑިމާންޑް ވަނީ ބޮޑުވެފައެވެ. އެހެންކަމުން އެތައް ބަޔަކު ދަނީ ފޮތި މާސްކް ފަހައިގެން އޭގެ ބޭނުން ކުރަމުންނެވެ. ވިޔަފާރީގެ ބޭނުމަށްވެސް ފޮތި މާސްކް ފަހާ އެތައް ބަޔަކު އެބައުޅެއެވެ.