ޚަބަރު

ނާޒިމްއަފާ ފައުންޑޭޝަނުން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް 6000 ޕީޕީއީ އައިޓަމް ހަދިޔާ ކޮށްފި

މަރިޔަމް ޝަހުދާ

ނާޒިމްއަފާ ފައުންޑޭޝަނުން ދިވެހި ޑްރައިވަރުންގެ އެސޯސިއޭޝަނަށް 6000 ޕީޕީއީ އައިޓަމް ހަދިޔާ ކޮށްފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު، ކާނަލް މުހައްމަދު ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ޕީޕީއީ ސާމާނުގެ ތެރޭގައި ސެނެޓައިޒާ ފުޅީގެ އިތުރުން މާސްކާއި އަންގި ހިމެނޭ ކަމަށެވެ. އެގޮތުން މި ތަކެތީގެ ތެރޭގައި ހިމެނެނީ 1000 ސެނެޓައިޒާ ފުޅި، 2000 ފޭސް މާސްކު އަދި 3000 އަންގިއެވެ.

ކާނަލް ނާޒިމް ވިދާޅުވީ ދިވެހި ޑްރައިވަރުންނަކީ ހީވާގި ކަމާއެކު، ގިނަ އިރު މަސައްކަތުގައި ހޭދަ ކުރާ ބައެއް ކަމަށެވެ. އަދި ކޮވިޑް 19 އާ ދެކޮޅަށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ކުރިއޔަށް ދިއުމުގެ މުހިންމުކަން ނާޒިމުގެ ޓުވީޓުގައި ފާހަގަކުރައްވާފައި ވެއެވެ.

ނާޒިމްއަފާ ފައުންޑޭޝަނަކީ ކާނަލް ނާޒިމް ހިންގަވާ ފައުންޑޭޝަނެކެވެ.