ޚަބަރު

އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އަބްދުﷲ ރާބިއު އައްޔަންކޮށްފި

މަރިޔަމް ޝަހުދާ

1

އެސިސްޓަންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އައްއުސްތާޛް އަބްދުﷲ ރާބިއު އައްޔަންކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާގެ މަގާމުގައި ހުންނެވި ރާބިއު މި މަގާމަށް އައްޔަން ކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި ރާބިއު ގާނޫނީ ދާއިރާއިން ހިދުމަތްކޮށްދެއްވަން ފެއްޓެވީ 18 ފެބްރުއަރީ 2009 ގައެވެ. އެއީ ޕީޖީ އޮފީހުގެ އެސިސްޓަންޓް ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމުން ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

މީގެ އިތުރުން ޕީޖީ އޮފީހުގައި މިވަގުތު މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންގެ ތެރެއިން ރާބިއު އަކީ އެންމެ ގިނަ ތަޖުރިބާ ހުރި އެއް ގާނޫނީ ވަކީލު ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދިން ގޮތުގައި ރާބިއު ފުރަތަމަ ޑިގްރީ ހާސިލް ކުރައްވާފައިވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަސިޓީން ޝަރީއަތާއި ގާނޫނުގެ ދާއިރާއިންނެވެ. އޭގެ ފަހުން ޝަރީއާގެ ދާއިރާއިން މާސްޓާސް ހާސިލް ކުރެއްވީ ވިލާ ކޮލެޖުން ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ރާބިއު ވަނީ ގާނޫނީ ދާއިރާއިން ގިނަ އަދަދެއްގެ ސެމިނާ އަދި ޓްރެއިނިގް ޕްރޮގްރާމުތައް ފުރިހަމަ ކޮށްފައި ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ފޮރެންސިކް ސައިންސްގެ ދާއިރާ، ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގު ކުރުމާބެހޭ ދާއިރާ އަދި އިންސާނީ ހައްގުތަކާބެހޭ ބައިނަލްއަގުވާމީ ގާނޫނާ ގުޅޭ ޓްރެއިނިން ޕްރޮގްރާމްތައް ހިމެނޭ ކަމަށް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.

ރާބިއުގެ އިތުރުން އިތުރު ތިން ބޭފުޅުން އެސިސްޓަންޓު ޕްރޮސެކިއުޓާ ޖެނެރަލުންގެ ގޮތުގައި މިހާރުވެސް ތިއްބަވައެވެ. އެއީ އަލްއުސްތާޛް ހުސެއިން ނާޝިދު، އަލްއުސްތާޛާ ޖިހާދާ އަނީސް އަދި އަލްއުސްތާޛާ ޝަމްރާ ޝަމީމްއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟