ޚަބަރު

އެމްޓީސީސީ ސީއެސްއާރްގެ ދަށުން ކަނޑުހުޅުދޫ ކުޑަކުދިންގެ ބަގީޗާ ވަށައިގެން ގާ އަތުރައިދީފި

އައިދާ އަބްދުލް ހަކީމް

އެމްޓީސީސީ ސީއެސްއާރްގެ ދަށުން ކަނޑުހުޅުދޫގެ ކުޑަކުދިންގެ ބަގީޗާ ވަށައިގެން ގާ އަތުރައިދީފި އެވެ.

އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނީ މިމަސައްކަތަކީ އެރަށުގެ ކައުންސިލްގެ އެދުމުގެ މަތިން އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިޔަށް ގެންދިޔަ މަސައްކަތެއް ކަމަށެވެ.

މި މަސައްކަތުގައި އެކުންފުނީގެ މުވައްޒަފުން ގާތްގަނޑަކަށް 8000 ގާ ދެ ދުވަސްތެރޭ އަތުރައި ނިންމާލާފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ މަގުސަދަކީ މުޖުތަމައަށް ރަނގަޅު ބަދަލެއް ގެނެސްދިނުމުގައި އެހީތެރިވެ ރައްޔިތުންނާއި ގުޅުންހުރި ކަންކަމުގައި އެކުންފުނީގެ މުވައްޒަފުންގެ ބައިވެރިވުން އިތުރުކޮށް ހޭލުންތެރި މުޖުތަމައެއް ބިނާކުރުމުގައި އެކުންފުނީގެ ދައުރު ފުޅާކުރުމަށް މަސައްކަތްކުރުން ކަމަށެވެ.