ޚަބަރު

މޯލްޑިވް ގޭހުން ހިދުމަތްދޭ ވަގުތަށް ބަދަލު ގެނެސްފި

މޯލްޑިވް ގޭހުން ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.

މޯލްޑިވް ގޭހުން ބުނީ، މިއަދުން ފެށިގެން މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހުކުރު ދުވަސް ފިޔަވައި ހަފުތާއަކު ކޮންމެ ދުވަހަކު ހިދުމަތް ދޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށެވެ. ހުކުރު ދުވަހު ހިދުމަތް ދިނުމަށް ނިންމާފައިވަނީ މެންދުރުފަހު 2:00 އިން އިއުރޮއްސި 6:00 އަށެވެ.

ތިލަފުށީގެ ހިދުމަތް ދޭނީ ވެސް ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ހުކުރުދުވަހު ހިދުމަތެއް ނުދޭނެއެވެ. އޭގެ އިތުރުން ރޭގަނޑު 11:00 އާ ހަމައަށް ހުސް ފުޅި ގެނެސްދިނުމުން، ގޭސްފުޅި ދޫކުރާނެ ކަމަށް ވެސް މޯލްޑިވް ގޭހުން މައުލޫމާތުދެއެވެ.

ކޮވިޑް 19 އާއެކު މޯލްޑިވް ގޭސްގެ ކަސްޓަމަރުންނަށް އެ ކުންފުނީގެ ކޯލް ސެންޓަރު 1616 އަށް ގުޅައިގެން ނުވަތަ ވެބްސައިޓް މެދުވެރިކޮށް އޮންލައިކޮށް ވެސް ގޭހަށް އޯޑަރު ކުރެވޭނެއެވެ. ނަމަވެސް ފައިސާ ބަލައިގަންނާނީ ހަމައެކަނި އޮންލައިންކޮށެވެ.

އޭގެ އިތުރުން މިހާރު ވެސް އެކުންފުނީގެ ގޭސް ސިލިންޑަރުތަކާއި ޑެލިވަރީ ވެހިކަލްތައް ޑިސްއިންފެކްޓް ކުރަމުން އަންނައިރު ކަސްޓަމަރުންނާއި ގޭސްފުޅި ހިފައިގެންދާ މީހާގެ ރައްކާތެރިކަމަށްޓަކައި މޯލްޑިވް ގޭހުން ގޭސްފުޅި ގެންގޮސްދޭނީ ގެއާ ހަމައަށެވެ.