ޚަބަރު

ޗެކު މެދުވެރިކޮށް ފައިސާ ދައްކާ ފަރާތްތަކުން ބޭންކް ޓްރާންސްފާ ކުރުމަށް އެމްޑަބްލިޔުއެސްސީން އެދިއްޖެ

އައިދާ އަބްދުލް ހަކީމް

ޗެކު މެދުވެރިކޮށް ފައިސާ ދައްކަމުން އަންނަ ވިޔަފާރިތަކާއި، މުއައްސަސާތަކާއި، ޑޮމެސްޓިކް ކެޓަގަރީގެ ކަސްޓަމަރުންނަށް ޗެކުގެ ބަދަލުގައި ބޭންކް ޓްރާންސްފާގެ ގޮތުގައި ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސައި އޮންލައިންކޮށް ހިިދުމަތް ހޯދުމަށް އެމްޑަބްލިޔުއެސްސީން އެދިއްޖެ އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ކޮވިޑް 19 އިން ރައްކާތެރި ވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން މިހާރު ފައިސާ ދެއްކޭނީ MVR 7701 101705 001 އަދި USD 7701 101705 002 މެދުވެރިކޮށް އެ އެކައުންޓްތަކަށް ކަމަށެވެ. އަދި ފައިސާ ފޮނޮވުމަށްފަހު https://banktransfers.mwsc.com.mv ލިންކު މެދުވެރިކޮށް އޭގައިވާ މައުލޫމާތު ފުރިހަމަ ކުރުމަށް ވެސް އެކުންފުނިން ވަނީ އެދިފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މިގޮތަށް އަމަލު ކުރާ ފަރާތްތަކުގެ އެކައުންޓު އަޕްޑޭޓްވުމުގައި ލަސްތަކެއް ދިމާވެދާނެ ކަމަށެވެ. އެކުންފުނިން ބުނީ ބޭންކް ޓްރާންސްފާއާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ 105 ގުޅައި ނުވަތަ 1050 އަށް އެސްއެމްއެސް ފޮނުވުމަށް އެދޭ ކަމަށެވެ. އަދި އެކުންފުނީގެ އީމެއިލް [email protected] މެދުވެރިކޮށް ވެސް މައުލޫމާތު ސާފު ކުރެވޭނެ ކަމަށެވެ.