ކޮވިޑް 19

ރާއްޖޭގައި ކޮވިޑަށް ފަރުވާދެމުން އަންނަ މީހުންގެ ތެރޭން ބަލީން ރަނގަޅުވި މީހުންގެ އަދަދު 406 އަށް

މަރިޔަމް ޝަހުދާ

ރާއްޖޭގައި ކޮވިޑަށް ފަރުވާދެމުން އަންނަ މީހުންގެ ތެރޭން ބަލީން ރަނގަޅުވި މީހުންގެ އަދަދު 406 އަށް އަރައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވަނީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމާއި ހަމަޔަށް ކޮވިޑް 19 ޖެހިފައިވާ މީހުންގެ ތެރެއިން ރަނގަޅުވެފައިވާ މީހުންގެ ޖުމުލަ އަދަދަކީ 401 ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ރާއްޖޭގައި ކޮވިޑް ޖެހިފައިވާ އިތުރު ފަސް މީހުން ރަނގަޅުވެފައި ވެއެވެ. އަދި މިކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ޑޭޝްބޯޑުގައި ވަނީ ހިއްސާކޮށްފައެވެ. އެޗްޕީއޭގެ ޑޭޝްބޯޑުގައި ވާގޮތުން ރާއްޖޭގައި މިހާރު މި ބަލިން ރަނގަޅުވެފައިވާ ޖުމުލަ މީހުންގެ އަދަދަކީ 406 އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް 19 ޖެހިފައިވަނީ 1672 މީހަކަށެވެ. މީގެތެރެއިން 406 މީހަކު ރަނގަޅުވެފައިވާއިރު، ރާއްޖޭގައި މި ބަލި ޖެހިގެން މަރުވެފައިވަނީ ފަސް މީހުންނެވެ. އެއީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހެކެވެ.