ބޮލީވުޑް

އަމީތާބްގެ ފިލްމު ގުލާބޯ ސިތާބޯގެ ލަވައެއް ރިލީސްކޮށްފި

ފިލްމު ގުލާބޯ ސިތާބޯގެ ލަވަ "ޖޫތަމް ޕެންކް" ރިލީސްކޮށްފިއެވެ.

ޕިޔުޝް މިޝްރާ ކިޔާފައިވާ މި ލަވައިގައި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާ އަމީތާބް ބަޗަން އަދި އަޔުޝްމަން ކުރާނާގެ ކެރެކްޓަރު ދައްކުވައިދެއެވެ.

ފިލްމުގައި އަމީތާބް ފެނިގެން ދަނީ ގެއެއްގެ ވެރިމީހާގެ ރޯލުންނެވެ. އަޔުޝްމަންއަކީ އެގޭގައި ކުއްޔަށް އުޅޭ މީހެކެވެ. އަދި އެގެއިން ނުކުންނަން އޭނާ ދެކޮޅު ހަދައެވެ.

ސޫޖިދް ސިރްކަރް ޑައިރެކްޓްކޮށްފައިވާ މި ފިލްމު އޭޕްރިލް 17ގައި ރިލީސްކުރުމަށް ހަމަޖެހިފައި އޮތްވައި ކޮވިޑާ ގުޅިގެން ވަނީ ފަސްކޮށްފައެވެ.

މީގެ ހަ ދުވަސް ކުރިން ފިލްމުގެ ޓްރެއިލާ ވެސް ވަނީ ރިލީސްކޮށްފައެވެ.