ޚަބަރު

ބައިނަލްއަގުވާމީ ލަވަ މުބާރާތަކުން ދިވެހި އާޓިސްޓަކަށް އެއްވަނަ ލިބިއްޖެ

އަލީ ޔާމިން

ރޮޓަރެކްޓް ކްލަބް އޮފް އާކައިވާސް ލަންކާ ބިޒްނަސް ސްކޫލުގެ ފަރާތުން އިންތިޒާމު ކުރި "ފްރެންޑްސް އިން އެކްޝަން ލައިވް 2020"ގެ އެއްވަނަ، ދިވެހި ޒުވާން އާޓިސްޓެއް ކަމުގައިވާ އައިޝާ އިބްރާހީމަށް ލިބިއްޖެއެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ލަވަ މުބާރާތުގެ ގްރޭންޑް ފިނާލޭ މިމަހުގެ 24 ވަނަ ދުވަހު ބާއްވާފައިވާއިރު، ގްރޭންޑް ފިނާލޭގައި އައިޝާއާއެކު 8 ފަންނާނަކު ވާދަކޮށްފައި ވެއެވެ. އުމުރުން 20 އަހަރުގެ އައިޝާއަށް އެ މުބާރާތުގެ އެއްވަނަ ލިބުނީ އަށް ފަންނާނުންނާއި ވާދަކޮށްގެންނެވެ.

"ފްރެންޑްސް އިން އެކްޝަން ލައިވް"ގެ މިއަހަރުގެ މުބާރާތުގައި ހަމައެކަނި ކުރިއަށް ގެންގޮސްފައިވަނީ ސޯލޯ މިއުޒިކުގެ ބައެވެ. އާންމުންނަށް ވޯޓު ލެވޭ ގޮތަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގެ އެންމެ މޮޅު އާޓިސްޓް ހޮވަނީ އާންމުންގެ ވޯޓާއި، ޖަޖުންގެ މާކުހުންނެވެ.

މިއީ މި މުބާރާތް ކުރިޔަށް ގެންދިޔަ ހަ ވަނަ އަހަރެވެ. ރޮޓަރެކްސް ކްލަބް އޮފް އާކައިވާސްއިން ބުނީ އަންނަ އަހަރުވެސް މި މުބާރާތް ބާއްވާނެ ކަމަށެވެ.

މި މުބާރާތަކީ އޮންލައިންކޮށް އެކި ގައުމުތަކުގެ އާޓިސްޓުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

އައިޝާ މުބާރާތުގެ ގްރޭންޑް ފިނާލޭގައި ކީ ލަވަ--