ކުޅިވަރު

ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދިނުމުގެ ލަފަޔަކަށް މިހާރުވަނީ އެދިފައި: މަހްލޫފް

އައިދާ އަބްދުލް ހަކީމް

ޖަމާއަތުގައި ނާމާދު ކުރުމުގެ ހުއްދަ ދިން ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދޭނީ ޓެގް ޓީމުންނާއި ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިސްކިތްތައް ހުޅުވާފައިވާ ރަށްރަށުގައި ކުޅުވަރު ކުޅުމުގެ ހުއްދައަށް އެދި އެކިފަރާތްތަކުން އެދެމުން އަންނަ ކަމަށެވެ.

ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ކޮވިޑް 19 އާ ގުޅިގެން އެކުލަވާލާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް(ޓެގް) ޓީމާއި އެޗްޕީއޭއިން ކަމަށާއި އެހެންކަމުން އެ ދެފަރާތުގެ ލަފަޔަކަށް މިހާރު އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޮވިޑް 19 ފެތުރުނަ ނުދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައިވަނީ ކުޅިވަރުގެ ހުރިހާ ހަރަކާތެއްހެން ހުއްޓާލަން އަންގާފައެވެ. އެހެން ނަމަވެސް ލޮކްޑައުން އަށް ލުއި ދޭން ނިންމުމާއި ގުޅިގެން، ކަރަންޓީނުގައި ނެތް ރަށްރަށުގައި އިއްޔެ ހުކުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދަ ވަނީ ދީފަ އެވެ.