މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕެންޝަން ފަންޑުގައި ވަރަށް ގިނަ ބައެއްގެ އާމްދަނީ ހުރީ 10000 އިން ދަށުގައި: ޕެންޝަން އޮފީސް

ޕެންޝަން ފަންޑުގައި ވަރަށް ގިނަ ބައެއްގެ އާމްދަނީ ހުރީ 10000 އިން ދަށުގައި ކަމަށް ޕެންޝަން އޮފީހުން ބުނެފިއެވެ.

ކޮވިޑް 19 އާ ގުޅިގެން މާލީގޮތުން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕެންޝަން އެޑްމިނިސްޓްރޭޝަންގެ އެކްޓިން ސީއީއޯ ފާތިމަތު ސުޖާތާ ހަލީމް ވިދާޅުވީ ފަންޑުގެ ވަކި ވަކި ފަރުދުންގެ 90 ޕަސެންޓް މީހުންގެ އެކައުންޓުގައި ހުރީ 10،000 ރުފިޔާ އަށްވުރެ ދަށް އަދަދެއް ކަމަށެވެ.

އަޅުގަނޑުމެން އިންޑިވިޖުއަލީ އެކައުންޓުތަކަށް ބަލާ ކަމަށް ވާނަމަ 10،000 ރުފިޔާއަށްވުރެ ދަށުގަ ފަންޑް ޕާޓިސިޕެންޓްންގެ 90 ޕަސެންޓް ބޭފުޅުގެން ފަންޑް އެކައުންޓު ބެލެންސް މިއުޅެނީ."

ސުޖާތާ ވިދާޅުވީ ރަނގަޅު ބެލެންސެއް ހުރީ ވަރަށް މަދު މީހުންގެ އެކައުންޓުގައި ކަމަށާއި 50 ފަސެންޓަށްވުރެ ގިނަ މީހުންގެ ފަންޑުގައި ފައިސާ ހުރީ އެއްލައްކަ ރުފިޔާ އަށްވުރެ ދަށުގައި ކަމަށެވެ.

މީގެ އިތުރުން ސުޖާތާ ވިދާޅުވީ ބައިވެރިންގެ އުމުރުފުރާތަކަށް ބަލާ ނަމަ 50 ފަސެންޓަށްވުރެ ގިނަ މީހުން އުޅެނީ 45 އަހަރަށްވުރެ ދަށުގައި ކަމަށެވެ. އެހެންކަމުން އެފަރާތްތަކުގެ އެކައުންޓުތަކުގައި ހުރި ފައިސާ އިންވެސްޓުކޮށްގެން ރަނގަޅު ރިޓަޔަމަންޓް ފައިދާއެއް ހޯދުމުގެ ފުރުސަތު އަދި އެބައޮތް ކަމަށެވެ.