ފޭސްބުކް

ފޭސްބުކްގެ ދެބައިކުޅައެއްބައި މުވައްޒަފުން ދާއިމީކޮށް ގެއިން މަސައްކަތް ކުރާގޮތަށް ހަމަޖައްސަނީ

ފޭސްބުކްގެ ދެބައިކުޅަ އެއްބައި މުވައްޒަފުން ދާއިކޮށް ގެއިން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސަން އެކުންފުނިން ނިންމައިފިއެވެ.

އެކަން އިއުލާނު ކުރީ ސީއީއޯ މާކް ޒުކަބާގް ލައިވް ސްޓްރީމް މެދުވެރިކޮށެވެ.

"މިހާލަތުގައި އޮފީސްތަކަށް ވަޒީފާއަށް މީހުން ނެގުމުގެ ބޭނުމެއްނެތް. އޮފީހަށް ދެވޭނީއެއް ނޫން. މިގޮތަށް ހެދުމުން އިތުރު ހިސާބުތަކުންވެސް ވަޒީފާއަށް ނެގުމުގެ ފުރުސަތު ވެސް ލިބިގެންދޭ. ހާއްސަކޮށް އެމެރިކާގެ އެހެން ހިސާބުތަކާއި ކެނެޑާގައި މިގޮތަށް ވަޒީފާއަށް މީހުން ނަގާކަމަށް ވާނަމަ ޓެލެންޓުތަކަށްވެސް ފުރުސަތު ހުޅުވޭ" މާކް ބުންޏެވެ.

ފޭސްބުކްގެ އަމާޒަކީ 2030ގެ ނިޔަލަށް 45000 މީހުނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުން ކަމަށް މާކް ފާހަގަކުރިއެވެ.

"ޒިންމާދާރުކަމާއި ވިސްނުންތެރިކަމާއެކު ކުރަން ބޭނުން ވަނީ. އެހެންވެ އަދަދެއް ޖަހަންޏާ، ގާތްގަނޑަކަށް ކުރިޔަށް އޮތް ފަސް އަހަރާއި ދިހަ އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި މި ކުންފުނީގެ ދެބައިކުޅަ އެއްބައި މުވައްޒަފުން ގެއިން މަސައްކަތް ކުރެވޭ ގޮތް ހެދޭނެ" މާކް އިތުރަށް ތަފްސީލު ކޮށްދިނެވެ.

މުސާރަ ދިނުމުގައި އެމީހަކު އުޅޭ ހިސާބަށް ބަލާނެ ކަމަށްވެސް މާކް ފާހަގަކުރިއެވެ. "މިސާލަކަށް އުޅެނީ އަވަށެއްގައި ނުވަތަ ވަރަށް އަގުހެޔޮ ހިސާބެއްގައި، އެހެންވީރު އެއާ އެއްވަރުގެ މުސާރައެއް ލިބޭނީ. އަހަރުމެން ވަރަށް ރަނގަޅަށް މުސާރަދެން. މާކެޓުގައިވެސް އެންމެ ރަނގަޅަށް މުސާރަދޭ އެއްބަޔަކީ އަހަރުމެން. އެކަމު ދޭނީ މާކެޓް ރޭޓް. އެހެންވެ މީހަކު ދިރިއުޅޭ ތަނެއް ނުވަތަ ހިސާބެއް މުހިންމުވާނެ" މާކް ބުންޏެވެ.