ކޮވިޑް 19 އާ ގުޅިގެން ފުރަބަންދު ވެފައި ވާތީ އުރީދޫ މޯލްޑިވްސްގެ އީ-ކޮމާރސް ޕްލެޓްފޯމް، މޫލީ މެދުވެރިކޮށް އާއިލާ އާއި ގާތް ރަތްޓެހިންނަށް "އީދު ހަދިޔާ" ފޮނުވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.
އުރީދޫން ބުނީ އީދަށް ހާއްސަކޮށް ތައާރަފު ކުރި މި އާ ކެޓެގަރީ މެދުވެރިކޮށް މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ އާއިލާތަކާއި ރައްޓެހިންނަށް އީދު ހަދިޔާ ފޮނުވައިލެވޭނެ ކަމަށެވެ. އެގޮތުން ފޮނުވޭނެ ހަދިޔާތަކުގެ ތެރޭގައި، ގިނަ ބަޔެއްގެ މަގުބޫލުކަން ހޯދާފައިވާ ދަ ސްޕޭސްގެ އާދަޔާ ހިލާފް މީރު ރަހަތަކުން ތައްޔާރުކޮށްފައިވާ "ވެރީ ފަޖް ސްޕޭސް ބްރައުނީޒް" އާއި "ކެރެޓް ކަޕްކޭކްސް" އަދި "ހައި ބިސްކަސް ކޭކް"ގެ އިތުރުން ބްރޭންޑް ލޫމް، އަލޯރާ، މަލްޑައިސް، ވީސްޓޯ އަދި ލިންކްސާވް އިން ވިއްކާ ގެޔަށް ބޭނުންވާ ސާމާނުގެ އިތުރުން 'ތަކެތި' ފޮތް ވެސް ހިމެނެއެވެ. އީދު ހަދިޔާފޮނުއްވުމަށް:
އުރީދޫން ބުނީ ކޮންމެ އަހަރެއްގެ ރަމަޟާންމަހާއި ގުޅިގެން އަންނަ ފިތުރުއީދަކީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައި އެންމެހާ މުސްލިމުން ފާހަގަކުރާ އުފާވެރި އީދެއް ކަމަށެވެ. އެގޮތުން ބޮޑު ޖަމާއަތުން ފަށާ އީދުނަމާދާއި އާއިލާތައް އެކުގައި ބޭއްވޭ އީދުކެއުމާއި، ހަދިޔާބަދަލުކުރުންފަދަ ކަންކަމަކީ ޒަމާނީ އާދަކާދައިގެ ތެރޭ ހިމެނޭ ކަންކަން ކަމަށެވެ.
އެހެން ކަމުން މިއަދު މި ތައާރަފް ކުރި ހިދުމަތުގެ މަގުސަދަކީ ކޮވިޑް 19 އާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއެކުވެސް، މި ރިވެތި އާދަކާދަ ދަމަހައްޓައި، ކޮވިޑް 19 ގެ ސަބަބުން ދުރުގައި ތިބި އެންމެ ގާތް އަދި ލޯބިވާ މީހުންނާ ގުޅުވައިލަދިނުމުގެ ގޮތުން އެކުންފުނިން ތައާރަފް ކުރި ހިދުމަތެއް ކަމަށެވެ.