އިތުރު 30 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެ ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 1216 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި މި އާ 30 ކޭސް އަކީ މިއަދު 2:00 ގެ ނިޔަލަށް ފެނިފައިވާ ކޭސްތަކެވެ.
އެގޮތުން މިއަދު ކޮވިޑަށް ޕޮޒިޓިވް ވި 30 މީހުންގެ ތެރޭ ހިމެނެނީ 14 ދިވެހިންނާއި، ބަންގްލަދޭޝް 10 މީހުން އަދި އިންޑިއާ 6 މީހުން ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ޖުމުލަ މީހުންގެ އަދަދު 1216 އަށް މިހާރު އަރާފައިވާއިރު، ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 91 މީހެކެވެ. އަދި މި ބަލި ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ ހަތަރު މީހުންނެވެ.