70ގެ އަހަރުތަކުގައި ތިއޭޓަރުގައި މަސައްކަތް ކުރުމަށްފަހު އަނޫޕަމް ކޭރު ބޮލީވުޑަށް ނުކުތީ 1984 ގައި މަހޭޝް ބަޓްގެ ފިލްމު ސާރަންޝް އިންނެވެ.
އޭނާ މިވަނީ އެކުގައި ތިއޭޓަރުގައި މަސައްކަތް ކުރި ބައެއް ތަރިންނާއެކު ނަގާފައިވާ ގްރޫޕު ފޮޓޯއެއް ހިއްސާކޮށްފައެވެ. 65 އަހަރުގެ އަނޫޕަމް ވަނީ އެފޮޓޯ ކުއިޒަކަށް ހުޅުވާލައި އޭގައި ތިބި ތަރިންނަކީ ކޮން ބައެއްތޯ ބުނެދޭން ފޭނުންނަށް ހުޅުވާލާފައެވެ. ފޮޓޯއިން އަނޫޕަމް ދެނެގަތުމަށް ފަސޭހަވިޔަސް ބައެއް އެހެން ތަރިންނަކީ ކޮންބައެއްކަން ދެނެގަތުމަށް އުނދަގޫތަކެއްވެސް އެބަހުއްޓެވެ.
37 އަހަރު ކުރީގެ އެފޮޓޯއަކީ މިހާރު ވަރަށް އަގުބޮޑު ފޮޓޯއެކެވެ. މީސްމީޑިއާގައި ފޭނުން އަންނަނީ ފޮޓޯތިބި ތަރިންނަކީ ކޮބައިތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
އަނޫޕަމް ވަނީ ދިއްލީގައި ހުންނަ ނެޝަނަލް ސްކޫލް އޮފް ޑްރާމާ އިން ކިޔަވައި 1978ގައި ގްރެޖުއޭޓް ވެފައެވެ. އުމުރުން 28 އަހަރުގައި އޭނާ އެންމެ ފުރަތަމަ ކުޅުނީ އުމުރުން 65 އަހަރުގެ މީހެއްގެ ރޯލެވެ.