ދުނިޔެ

އެމެރިކާ މީހަކު ޕިއްޒާ ހަދައި އަމިއްލައަށް އެޕިއްޒާ ގަނެގެން ބޮޑު ފައިދާއެއް ހޯދައިފި

މުހައްމަދު އައުޒަމް

އެމެރިކާ މީހަކު ޕިއްޒާ ހަދައި އަމިއްލައަށް އެޕިއްޒާ ގަނެގެން ބޮޑު ފައިދާއެއް ހޯދައިފިއެވެ.

އެމެރިކާގެ ޕިއްޒާ ރެސްޓޯރަންޓެއްގެ އޯނަަރަކު އޭނާގެ އަމިއްލަ ޕިއްޒާ އޮންލައިން އެޕެއް މެދުވެރިކޮށް އަމިއްލައަށް ގަތުމުން ބޮޑު ތަނުން އަގުހެޔޮކޮށް ޕިއްޒާ ލިބޭކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ރޯއީ ނަމަކަށް ކިޔާ މިމީހާ ވަނީ ޑޯ ޑޭޝް ކިޔާ އޮންލައިން އެޕް މެދުވެރިކޮށް އޭނާ އުފައްދާ ޕިއްޒާ އޮންލައިންކޮށް ވިއްކަން ފަށައި އަމިއްލައަށް އޯޑަރު ކޮށްފައެވެ.

ޑޯ ޑޭޝް އެޕަށް އޭނާ ޕިއްޒާ ވިއްކަނީ 24 ޑޮލަރަށެވެ. ނަމަވެސް ޑޯ ޑޭޝް އިން ވަނީ އެމީހުންގެ އެޕްގައި މި ޕިއްޒާގެ އަގު 16 ޑޮލަރަށް ޖަހައިފައެވެ.

ރޯއީ ވަނީ ސީދާ އެއަގުގައި ޕިއްޒާ ލިބޭތޯ ޓެސްޓެއް ކުރުމުގެ ގޮތުން އޯޑަރު ޖަހައިފައެވެ. އަދި 16 ޑޮލަރަށް ރޯއީ ވަނީ އެޕް މެދުވެރިކޮށް އޭނާ އަމިއްލައަށް އުފެއްދި ޕިއްޒާއެއް ގަނެފައެވެ. ހުރިހާކަމެއްވެސް ދިޔައީ ރަނގަޅަށެވެ. އެދުވަހުގެ ހިސާބުތައް ނިންމި އިރު ޑޯޑޭޝް އިން ވަނީ ވިކޭ ކޮންމެ ޕިއްޒާއަކަށް ރޯއީ އަށް 24 ޑޮލަރު ދީފައެވެ. މިއީ ރޯއީ އެއެޕަށް ޕިއްޒާ ވިއްކި އަގެވެ.

ރޯއީ ވަނީ މިކަމުގެ ފައިދާ ނަގައި ފަހުންވެސް ގިނަ އަދަދެއްގެ ޕިއްޒާ މި ގޮތަށް އެ އެޕް މެދުވެރިކޮށް ގަންނަން ފަށައިފައެވެ.

ރޯއީ ލަފާ ކުރާ ގޮތުން މިއީ ޑޯޑޭޝް ގެ ޓްރައިލް ގެ ސަބަބުން ދިމާވި ކަމަކަށް ވެދާނެ އެވެ. ރޯއީގެ ޕިއްޒާ ޑޯޑޭޝްއިން މާ އަގުހެޔޮކޮށް ވިއްކާ ކަމުގެ ޝަކުވާ ރޯއީއަށް ކުރީންވެސް ވަނީ ލިބިފައެވެ. ނަމަވެސް ރޯއީގެ ރެސްޓޯރަންޓުން އޭރު ޑެލިވަރީގެ ހިދުމަތް ދީފައެއް ނުވެއެވެ.

ރޯއީއަށް ލިބެމުންދިޔަ ފައިދާގެ ވާހަކަ އޭނާ ވަނީ ފަހުން ޑޯޑޭޝް އަށް ހިއްސާކޮށްފައެވެ. މިއީ ޑޯޑޭޝް އިން އެ އެޕް ގެ ޑިމާންޑް ބޮޑު ކުރުމަށް އަމިއްލައަށް ކުރިކަމެއް ކަމަށް އެމީހުން ވަނީ ބުނެފައެވެ. އެއްވެސް ޗާޖެއް ނުކޮށް އެޕްގެ ހިދުމަތް ދީ އެއެޕް މަޝްހޫރު ކުރުމަށް ކުރިކަމެއް ކަމަށް ވެސް ޑޯޑޭޝް އިން ވަނީ ބުނެފައެވެ.