ރާއްޖޭގައި ކޮވިޑް 19 އަށް ޕޮޒިޓިވް ވީ މީހުންގެ ތެރެއިން އިތުރު 5 މީހަކު ރަނގަޅުވެ ރާއްޖޭގައި ބަލީން ފަސޭހަވީ މީހުންގެ އަދަދު 91 އަށް އަރައިފި އެވެ.
އިތުރު ފަސް މީހަކު މިއަދު ބަލީން ފަސޭހަވެފައިވާކަން އެޗްޕީއޭއިން ހާމަކޮށްފައިވާއިރު، އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު މިހާތަނަށް މިބަލި ޖެހުނު 1186 މީހުންގެ ތެރެއިން 91 މީހަކު މި ވަނީ ބަލިން ރަނގަޅު ވެފައެވެ.
ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު 1186 އަކަށް އަރާފައިވާ އިރު، މިއަދު އިތުރު 43 ޕޮޒިޓިވް ކޭސް ފެނިފައިވާ ކަމަށް ވެސް އެޗްޕީއޭއިން ވަނީ އިއުލާނުކޮށްފައެވެ.
މިއަދު ޕޮޒުޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ 10 ދިވެހީންނާއި ބަންގުލަދޭޝްގެ 28 މީހަކާއި އިންޑިއާ ހަތަރު މީހުންގެ އިތުރުން ނޭޕާލް މީހެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.
ކޮވިޑް 19 އާއި ގުޅިގެން ރާއްޖެ ލޮކްޑައުން ކޮށްފައި އޮންނަތާ މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާ އިރު، ސަރުކާރުން މިހާރު އަންނަނީ ނިއު ނޯމަލްގައި ރާއްޖެ ހުޅުވައިލައި، ލޮކްޑައުން އަށް ލުއިދޭން ތައްޔާރުވަމުންނެވެ.