ބޮލީވުޑް

މަލަންގު ދޭއްގެ ސީކުއިލްގެ މަސައްކަތް މޯހިތު ސޫރީ ފަށައިފި

1

މަލަންގު ފިލްމުގެ ދެވަނަ ބައެއް އުފެއްދުމުގެ މަސައްކަތް ފަށައިފި އެވެ.

އަދިއްތިޔަ ރޯއީ ކަޕޫރާއި ދިޝާ ޕަޓަނީ އަދި އަނިލް ކަޕޫރުގެ އިތުރުން ކުނާލް ކެމޫ ފެނިގެންދާ ފިލްމު މަލަންގު ރިލީސްކުރީ މިއަހަރު ކުރީކޮޅެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަންކަރު ގާގް ވަނީ ފިލްމުގެ ޑިރެކްޓަރު މޯހިތު ސޫރީ އާއި ފިލްމު އުފައްދާ ފަރާތެއް ކަމަށްވާ ލަވް ރަންޖަން ގުޅިގެން ދެވަނަ ބައެއްގެ ސްކްރިޕްޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

"ފުރަތަމަ ފިލްމަށް ބެލުންތެރިން ދިން ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން. މިހާރު ފިލްމު ނެޓްފްލިކްސް އިންވެސް ބެލޭނެ. ދެވަނަ ބައެއްގެ މަސައްކަތްވެސް މިއޮތީ ފެށިގަ. މޯހިތު އާއި ލަވް އެމަސައްކަތުގަ އުޅެނީ. ކުރިއަށް އޮތް ތާނގާ އިތުރު މައުލޫމާތު ހިއްސާކުރަމުންދާނަން" އަންކަރު ބުންޏެވެ.

ގޯއާގައި ޝޫޓްކޮށްފައިވާ މި ފިލްމަކީ ލޯބީގެ ތުރިލާ ފިލްމެކެވެ. މިއީ އާޝިގީ ދެޔަކަށްފަހު އަދިއްތިޔަ އާއި ސޫރީ އެކުގައި ފިލްމެއްގެ މަސައްކަތުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.