ޚަބަރު

މާލޭގައި ތާށިވެފަ ތިބި ރައްޔިތުން ކަރަންޓީން ކުރުމަށް އިތުރު 3 ރިސޯޓް ހަމަޖެހިއްޖެ: އަލީ ވަހީދު

އައިދާ އަބްދުލް ހަކީމް

3

ކޮވިޑް 19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން ރަށަށް ނުދެވި މާލޭގައި ތާށިވެފައި ތިބި ރައްޔިތުން ކަރަންޓީން ކުރުމަށް އިތުރު ތިން ރިސޯޓް ހަމަޖެހިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު އަލަށް ހަމަޖެހިފައިވާ ރިސޯޓް ތަކަކީ ހދ، ހޮނޑާފުށި، ފ. ފިލިތެޔޮ އަދި މ. މެދުފުށި ކަމަށެވެ. އުނދަގޫ ނަމަވެސް މިކަން ކުރުމަކީ އަތޮޅުތެރެއަށް ބަލި ފެތުރުން ކުޑަ ކުރުމަށް ނުހަނު ބޭނުންތެރިކަމެއް ކަމަށާއި އެންމެންވެސް މިވަގުތު ކެތްތެރިކަމާ އެކު ހިތްވަރުގަދަ ކުރުމަށް އަލީވަހީދު އެދިވަޑައިގެންފައި ވެއެވެ.

މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓްވީޓް

އަލީ ވަހީދު ވިދާޅުވީ އަލަށް ހަމަޖެހުނު މި ތިން ރިސޯޓުގެ އިތުރުން މިހާރުވެސް އިތުރު ހަތަރު ރިސޯޓް ހަމައެކަނި ފުރަބަންދުވީ ރައްޔިތުން ކަރަންޓީނު ކުރުމަށް އަންނަނީ ބޭނުން ކުރަމުން ކަމަށެވެ. އެއީ އައްޑޫ ހެރެތެރެ، ދ. އިރުވެލި، ޅ. ފުށިވަރު، އަދި ރ. ފުރަވެރި ރިސޯޓެވެ.

މީގެ ތުރުން އަލީ ވަހީދު ވިދާޅުވީ އައިސޮލޭޝަނަށް ދަތި ނުވެ ފުރަބަންދު ކަރަންޓީން ވެސް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟