ކުއްލި ޚަބަރު

ހުޅުމާލޭގައި މޯލްޑިވް ގޭސް ޑެލިވަރީކުރާ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ހުޅުމާލޭގައި މޯލްޑިވް ގޭސް ޑެލިވަރީ ކުރުމުގައި އުޅޭ މުވައްޒަފަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މޯލްޑިވް ގޭހުގެ މާކެޓިން މެނޭޖަރު، އާމިނަތު މުހައްމަދު ސައީދު "ވަން" އަށް ވިދާޅުވީ، އޭނާއަކީ ހުޅުމާލޭގައި މޯލްޑިވް ގޭހުގެ ޑެލިވަރީ ކުރުމުގައި އުޅުނު ބަންގްލަދޭޝް މުވައްޒަފެއް ކަމަށާއި އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މިރޭ 11:30 ހާއިރު ކަމަށެވެ. އަދި އޭނާ މިހާރު އެކަހެރިކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އާމިނަތު މުހައްމަދު ސައީދު އިތުރަށް ވިދާޅުވީ، ޕޮޒިޓިވްވި މުވައްޒަފު ދިރިއުޅެމުން އަންނަނީ އެކުންފުނިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ އެކޮމަޑޭޝަންގައި ކަމަށެވެ. އަދި އެކުންފުނީގެ މުވައްޒަފަކު ޕޮޒިޓިވްވި ނަމަވެސް މާލޭގެ ޑެލިވަރީ ޓީމުގެ މުވައްޒަފުންނާއެކު ހުޅުމާލޭގައި މާދަމާ ވެސް ގޭސް ޑެލިވަރީކުރުން ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މީހާއަކީ މިއަދު ކޮވިޑް 19 އަށް ޕޮޒިޓިވްވި 30 މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 22 މީހުންނަކީ ބަންގުލަދޭޝް މީހުންނެވެ. ދެން ހިމެނެނީ ފަސް ދިވެހިންނާއި އިންޑިއާގެ ތިން މީހެކެވެ.

މޯލްޑިވް ގޭހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވިއިރު، ދާދި ފަހުން އެސްޓީއޯގެ އީ-ސްޓޯރުގެ ޑެލިވަރީގައި އުޅުނު މުވައްޒަފަކު އަދި އެމްޓީސީސީ ވިލިމާލެ ފެރީ ޓާމިނަލްގެ މުވައްޒަފަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.