ހޮލީވުޑް

ނާސާއިން ޓޮމް ކްރޫޒާ އެކު ޖައްވުގައި ފިލްމެއް އުފައްދަނީ

ނާސާއިން ޓޮމް ކްރޫޒާއެކު ޖައްވުގައި ފިލްމެއް ހެދުމަށް ނިންމައިފިއެވެ.

އެކަން ޔަގީންކޮށްދީފައިވަނީ ނާސާގެ ވެރިޔާ އިއްޔެގެ ވަގުތެއްގައެވެ. ނާސާގެ ފަރާތުން ތަރުޖަމާނަކު ބީބީސީއަށް ދިން އިންޓަވިއުގައި ބުނީ ފިލްމުގައި ޓޮމް ކްރޫޒު ޖައްވަށް ފޮނުވާނެ ކަމަށެވެ. އަދި ޖައްވުގައި ހުންނަ އެމީހުންގެ މަލްޓިބިލިއަން ޑޮލަރުގެ ސްޓޭޝަނުގައި ވަގުތުތަކެއް ހޭދަކުރާނެއެވެ. އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަކީ ދުނިޔެއާ 250މޭލު ދުރުން ދަތުރުކުރާ ސްޓޭޝަނެކެވެ.

2000 ވނަ އަހަރުން ފެށިގެން އެކި ފަހަރު މަތީން އެކި އެސްޓްރޮނޮޓްސް ވަނީ އައިއެސްއެސްގައި ދިރިއުޅެފައެވެ. އަދި ބައެއް މުއްސަނދި ފަތުރުވެރިންވެސް ވަނީ އެސްޓޭޝަނަށް ޒިޔާރަތްކޮށްފައެވެ.

މީގެ ކުރިންވެސް ބައެއް ފިލްމުތައް ސްޕޭސް ސްޓޭޝަންގައި ކުޅެފައި ވެއެވެ. އޭގެ ތެރޭގައި 2002ވަނަ އަހަރު ޓޮމް ކްރޫޒު ނެރޭޓްކޮށް ނެރުނު ޑޮކިއުމެންޓަރީ ފިލްމާއި، 2012 ވަނަ އަހަރު ނުކުތް ފިލްމު "އަޕޯޖީ އޮފް ފިއާ" ހިމެނެއެވެ.

ޓޮމް ކްރޫޒް ވާނީ ޖައްވަށް ދަތުރުކުރާ ފުރަތަމަ ބަތަލަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.